މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ މަސް ރޭސް 2021

9 ޑިސެމްބަރ 2021     


މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ މަސް ރޭސް 2021

ތަޢާރަފު

މި އުޞޫލަކީ ދިވެހި ރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މުލަކަތޮޅޮ ކޮޅުފުށީ ކައުންސިލުން އިސްނަގައިގެން ރަށުގެ ރައްޔިތުންނަށާއި، މުއައްސަސާތަކަށް ހުޅުވާލައިގެން 11 ޑިސެމްބަރ 2021 ވާ ހޮނިހިރު ދުވަހު ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ " މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ މަސް ރޭސް 2021" ކުރިޔަށް ގެންދިޔުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލެވެ.

މަސްރޭހުގެ އާންމު އުޞޫލުތަކާއި ޤަވާއިދުތައް

  1. މި މަސްރޭހުގައި ހޮވުމަށް ކަނޑައެޅިފައި ވަނީ
    • މަސްރޭހުން އެއްވަނަ ޓީމަށް 3000 ރުފިޔާ
    • މަސްރޭހުން ދެވަނަ ޓީމަށް 2000 ރުފިޔާ
    • މަސްރޭހުން ތިންވަނަ ޓީމަށް 1000 ރުފިޔާ
  2. މި މަސްރޭހުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.
  3. ކޮންމެ ޓީމެއްގައިވެސް ހިމަނަންވާނީ މަދުވެގެން 3 މީހުން ނުވަތަ ގިނަވެގެން 6 މީހުންނެވެ. އަދި މުއައްސަސާއެއްގެ ނަމުގައި ބައިވެރިވެވޭނީ އެއްޓީމަށެވެ.
  4. މަސްރޭހުގައި ބައިވެރިވުމަށް ބަނދަރުން ފުރާއިރު އުޅަނދުގައި ތިބޭ ޓީމް މެންބަރުންގެ އަދަދު ބެލޭނެއެވެ. ބަނދަރުން ފުރާ ފަހުން އުޅަނދަށް އިތުރު މެންބަރުން އެރުވުމަކީ (ގަޑިއަށް ނާދެވޭ ޓީމު މެންބަރެއް ކަމުގައި ވިޔަސް) މަނާކަމެކެވެ.
  5. ކޮންމެ ޓީމެއްވެސް މަސްބާނަން ދާންވާނީ ވަކި އުޅަނދެއްގައެވެ.
  6. މަސްރޭހުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ނަމެއް ދީފައި އޮންނަން ވާނެއެވެ. އަދި ކޮންމެ ޓީމެއްގައިވެސް ޓީމު ލީޑަރަކު ހުންނަން ވާނެއެވެ.
  7. މަސްރޭސް ފެށުމަށް ހަމަޖެހިފައިވަނީ 11 ޑިސެމްބަރ 2021 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 06:30 ގައި މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުންނެވެ. މަސްރޭހުގައި ބައިވެރިވާ ހުރިހާ އުޅަނދެއް 06:20 ގައި ބަނދަރުގައި (ބޮޑު ބަނދަރު) އޮންނަން ވާނެއެވެ.
  8. މަސްރޭސް ނިންމުމަށް ހަމަޖެހިފައިވަނީ 11 ޑިސެމްބަރ 2021 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގައި މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުންނެވެ. މަސްރޭހުގައި ބައިވެރިވާ ހުރިހާ އުޅަނދެއްވެސް އެންމެ ލަސްވެގެން 04:00 ގައި ބަނދަރުގައި (ބޮޑު ބަނދަރު) އޮންނަން ވާނެއެވެ. 04:00 ވުމުގެކުރިން ބަނދަރަށް ނުވަދެވިއްޖެނަމަ އެ އެޅަނދެއް މުބާރާތުން ޑިސްކޮލިފައި ކުރެވޭނެއެވެ.
  9. މަސްރޭހުގެ ވަނަތައް ކަނޑައަޅާނީ ބާނާ މަސްތަކުގެ ބަރުދަނަށް ބަލައިގެންނެވެ.
  10. މި މަސްރޭހުގައި ކުރަންވާނީ ފަރުމަސްވެރިކަމެވެ. (ކަޅުބިލަމަސް، ކަންނެލި، ލައްޓި، ރާގޮނޑި އަދި ގޮދާ ނުހިމެނޭނެއެވެ.)
  11. މަސްރޭހުގެ އެއްވެސް ހަރަކާތެއްގައި ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފު އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެފަދަ ކަމެއް އެއްވެސް ޓީމަކުން ކޮށްފިކަން ސާބިތުވެއްޖެނަމަ އެޓީމެއް މުބާރާތުން ޑިސްކޮލިފައި ކުރެވޭނެއެވެ. އަދި ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އެއްވެސް މުބާރާތެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.
  12. މަސްރޭހުގައި އެއްޓީމަކުން ބާނާ މަސްތައް އަނެއް ޓީމަކަށް (މަސް ކިރުމުގެ ކުރިން) ދީގެން ކިރައިގެން ނުވާނެއެވެ.
  13. ރޮދުލުމާއި، ދާ އަޅައިގެން މަސް ހިފުމާއި، އިލިފަ ޖަހައިގެން މަސްހިފުން އަދި މަސްވެރިކަމާއިބެހޭ ޤާނޫނާއި ޤަވާއިދުގެ ދަށުން މަނާކުރެވިފައިވާ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމަކީ މަނާކަމެކެވެ.
  14. މި އުޞޫލުގެ ދަށުން މަނާކުރެވިފައިވާ އެއްވެސް ބާވަތެއްގެ އަމަލެއް ކޮށްފިނަމަ އެ ޓީމަކާއި، އެޓީމުގައި ބައިވެރިވާ ހުރިހާ ފަރާތްތައް ކައުންސިލުން ބާއްވާ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭނެއެވެ. އަދި މި އުޞޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ ކައުންސިލުގައި މަޝްވަރާ ކުރުމަށްފަހު އެކަމަކާއި ގުޅޭގޮތުން އަޅާނެ ފިޔަވަޅެއް ނިންމާނީއެވެ. އަދި އެ ނިންމުން މަސްރޭހުގައި ބައިވެރިވާ ޓީމްތަކަށް އެންގޭނެއެވެ.

އުސޫލު / ޤަވާއިދު ޑައުންލޯޑް ކުރެއްވުމަށް

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ މަސް ރޭސް 2021


ބާވަތް: އުސޫލު / ޤަވާއިދު

ދައުރު: 4 ވަނަ ދައުރު

ނަންބަރ:

ތާރީޚް: 09/12/2021