މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ފޮޓޯ އަލްބަމް

ކައުންސިލް މަސްރޭސް 2021 ވަނީ ވަރައް ކާމިޔާބު ކަމާއެކު މިއަދު ކުރިއަށް ގެންދެވިފަ

މިއަހަރުގެ މަސްވެރިންގު ދުވަސް ފާހަގަ ކުރުމުގެ ގޮތުން 11 ޑިސެންބަރ 2021 ވާ ހޮނިހިރު ދުވަހު ކައުންސިލުގެ ފަރާތުން މަސްރޭހެއް މިއަދު (11.12.2021) ވަނީ ބާއްވާފައެވެ. މ.ކޮޅުފުށީ ރައްޔިތުންނާއި މުއައްސަސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މަސްރޭހުގައި ޖުމުލަ 08 ޓީމަކުން 38 ބޭފުޅުން ބައިވެރިވިއެވެ. މިގޮތުން މަސްރޭހުގެ 1 ވަނަ ހޯދާފައިވަނީ 76.76 ކިލޯގެ މަސް ބާނައިގެން ޓީމް ކައުންސިލްއެވެ. 2 ވަނަ ހޯދާފައިވަނީ 64.26 ކިލޯގެ މަސްބާނައިގެން ބްލެކްމާލިން އަދި 3 ވަނަ ހޯދާފައިވަނީ 57.38 ކިލޯގެ މަސްބާނައިގެން މ.އަތޮޅު މަދަރުސާގެ ޓީމުންނެވެ. މަސްރޭހުގެ 1 ވަނަ ޓީމަކަށް 3،000.00 ރުފިޔާ، 2 ވަނަ ޓީމަކަށް 2،000.00 ރުފިޔާ އަދި 3 ވަނަ ޓީމަކަށް 1،000.00 ރުފިޔާ ވަނީ އިނާމުގެ ގޮތުގައި ދީފައެވެ.