މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ފޮޓޯ އަލްބަމް

2022 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް ރަށުފެންވަރުގައި ފާހަގަކުރުން

ރަށު ފެންވަރުގައި ކުޑަކުދިންގެ ދުވަސް 13 މޭ 2022 ގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މިހަރަކާތް އޮތީ ހުކުރު ދުވަހު ހަވީރު 16:30 ގައި ކޮޅުފުށީ ކައުންސިލްގެ ފުޓްސަލް ދަނޑުގައެވެ. ވިއްސާރަ ދުވަސްވަރެއް ނަމަވެސް، މިހަރަކާތް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމުގައި ކޮޅުފުށީގެ ހުރިހާ މުއައްސަސާތަކެއްގެ ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ކައުންސިލަށް ވަނީ ލިބިގެން ގޮސްފައެވެ.