މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ފޮޓޯ އަލްބަމް

އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ އާދަމް އާޒިމް މ.ކޮޅުފުށްޓައް ވަޑައިގަތުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ގެ ސީ.އީ.އޯ އާދަމް އާޒިމް މ.ކޮޅުފުށްޓައް ވަޑައިގެންފެއެވެ. ސީ.އީ.އޯ އާއިއެކު މުލަކުދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާޙިމް ނަޞީރު، ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެންބަރ އިކްރާމް ޙަސަން އަދި އެމް.ޓީ.ސީ.ސީ ގެ ޓީމް ބައިވެރިވެލެއްވިއެވެ. މިދަތުރުފުޅަކީ އެމް.ޓީ.ސީ.ސީ އިން މ.ކޮޅުފުށީގައި ކުރަމުންގެންދާ ގިރާސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެގޮތުން މަސައްކަތް ކުރަމުންގެންދާ ސައިޓުތަކަށް ޒިޔާރަތް ކުރައްވާ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ. މީގެއިތުރުން މިދަތުރުފުޅުގައި ކޮޅުފުށީ ކައުންސިލާއި ބައްދަލުކުރައްވާ ސީ.އެސް.އާރު ގެ ތެރެއިން މ.ކޮޅުފުށްޓައް ކޮށްދެވެން ހުރި ކަންތައްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ