މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ފޮޓޯ އަލްބަމް

މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމް ރަސްމީ ދަތުރުފުޅެއްގައި މުލަކަތޮޅު ކޮޅުފުއްޓަށް ވަޑައިގަތުން

މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމް ރަސްމީ ދަތުރުފުޅެއްގައި މިއަދު މުލަކަތޮޅު ކޮޅުފުއްޓަށް ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ކޮޅުފުށީ ކައުންސިލާއި، ކޮޅުފުށީ މުއައްސަސާތަކުގެ އިސްވެރިންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ގެ އަރިހުގައި މިނިސްޓްރީގެ އިސްވެރިންނާއި، މުލަކު ދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާޙިމް ނަޞީރާއި، ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެންބަރ އިކްރާމް ޙަސަން އަދި މުލަކަތޮޅު އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް ބައިވެރިވެލެއްވިއެވެ. މިދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ ރަށްރަށުގެ ފަތުވެރިކަމުގެ ޙާލަތު ދެނެގަނެ ލޯކަލައިޒޭޝަން އަދި ޑައިވަރސިފިކޭޝަން ޕްރޮޖެކްޓްގެ ދަށުން ރަށްތައް ޕްލޭންކޮށް ތަރައްޤީކުރުމެވެ.