ޤާނޫނު ނަންބަރު 7/2010 ( ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔަތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ މަހު ސިޓީ ކައުންސިލްތަކާއި ރަށުކައުންސިލްތަކުން ބާއްވަންޖެހެއެވެ. މިކައުންސިލްގެ ފަރާތުން ރައްޔަތުންނަށް ބާއްވާ ބައްދަލުވުން 22 ފެބްރުއަރީ 2023 ވަނަ ދުވަހު 10:00 ގައި ކޮޅުފުށީ ޕްރީސްކޫލުގައި އޮންނާނެއެވެ. މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.
- 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރައްޔިތުންނަށް ހުށަހެޅުން
- 2022 ވަނަ އަހަރުގެ ކައުންސިލުގެ މާލީ ރިޕޯޓު ރައްޔިތުންނަށް ހުށަހެޅުން
- 2023 ވަނަ އަހަރުގެ ފާސްކުރުވުނު ބަޖެޓު ރައްޔިތުންނަށް ހުށަހެޅުން
- 2023 ވަނަ އަހަރުގެ ކައުންސިލްގެ ވޯކްޕްލޭން (މަސައްކަތު ތާވަލު) ރައްޔިތުންނަށް ހުށަހެޅުން
ވީމާ، މިބައްދަލުވުގައި ބައިވެރިވެލެއްވުމަށް ރަށުގެ އެންމެހާ ރައްޔަތުންނަށް ދަޢުވަތު އަރުވައި މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.