މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

1444 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ހަނދާއި ގުޅޭ

21 މާރޗް 2023      1 year ago


މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރަމަޟާންމަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭ ކޯޓެއްގެ ގާޟީއެއްގެ ކުރިފުޅުމަތީގައި ކަމަށާއި، އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތިގައި ކަމަށާއި، މެޖިސްޓްރޭޓެއް ޤާއިމުވެ ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލް އިދާރާ ހިންގުމާއި ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާގެ ކުރިފުޅުމަތީގައި ކަމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ މިކައުންސިލަށް އަންގަވާފައެވެ.

ވީމާ، 1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން، މިއަދު (21 މާރޗް 2023) 17:30 އިން ފެށިގެން މިއިދާރާ ހުޅުވާފައި ހުންނާނެ ކަމުގައި އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވައި، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2023/17

ޕަބްލިޝް ކުރި ތާރީޚް: 21/03/2023

ސުންގަޑި: 2024-04-20 08:45:13