މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާއިގުޅޭ

6 އެޕްރީލް 2023      1 year ago


1444 ވަނަ އަހަރު ރަމަޟާންމަހު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރެއްވި ކަދުރުގެ ތެރެއިން މ.ކޮޅުފުއްޓަށް ލިބުނު 138 ޕެކެޓް ކަދުރު ވަނީ މިއިދާރާއަށް ލިބިފައެވެ. އެގޮތުން ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކަނޑައަޅުއްވާފައިވާ އުޞޫލާއި އެއްގޮތަށް، ކޮޅުފުށީގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 2 ގޭބީސީގެ ތެރެއިން ކޮންމެ ގޭބީސީއަކަށް 1 ޕެކެޓް ކަދުރު ދިނުމަށްފަހުއެވެ.

އެހެންކަމުން، ބާކީ 136 ޕެކެޓް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ، ކަދުރާއި ހަވާލުވެލެއްވުމަށް އެންމެ ފުރަތަމަ މިއިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް އިސްކަންދޭ އުޞޫލުން ގޭބީސީއަކަށް (ގެއަކަށް) 1 ޕެކެޓް ކަދުރެވެ. ކަދުރު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައި 09:30 އިން 12:00 އަށެވެ.  

ކަދުރާއި ހަވާލުވެލެއްވުމަށް ވަޑައިގަންނަވާއިރު އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2023/21

ޕަބްލިޝް ކުރި ތާރީޚް: 06/04/2023

ސުންގަޑި: 2024-04-20 13:39:10