މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ޑައިވިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން.

12 އެޕްރީލް 2023      11 months ago


މުލަކަތޮޅު އަތޮޅު ކައުންސިލް، މ. އަތޮޅުގެ ރަށްރަށު ކައުންސިލްތަކާއި، މ. އަތޮޅު ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން މިއަތޮޅުގައި ޑައިވިންގ ކޯސްތަކެއް ( އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި އެޑްވާންސް ޑައިވިންގ ކޯސް) ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޑައިވިންގ ކޯހުގައި މިރަށުގެ 2 ފަރާތަކަށްވެސް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަށް މުލީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 7 ނުވަތަ 9 ވަނަ ދުވަހުން ފެށިގެންނެވެ. މިކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ތިބުމާއި، ކެއުމުގެ ޚަރަދު އަދި އެހެނިހެން ޚަރަދު ހަމަޖައްސައިދެއްވާނީ މުލަކަތޮޅު އަތޮޅު ކައުންސިލުންނެވެ. މިކޯސްތަކުގެ ފީގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.  ކޯހުގައި ބައިވެރިވުމަށް ދެ ބައިވެރިންނަށްވުރެ އިތުރަށް ޝަޢުޤުވެރިކަން ފާޅުކޮށްފިނަމަ ކޯހުގައި ބައިވެރިވާނެ ދެ ބައިވެރިން ހޮވާނީ ގުރުއަތުލައިގެން ކަމުގައި ދަންނަވަމެވެ.

#

ކޯހުގެ ނަން

ކޯހުގެ ޖުމްލަ ފީ

ބައިވެރިން ދައްކަންޖެހޭ ފީ

ރަށު ކައުންސިލުން ދައްކަންޖެހޭ ފީ

އަތޮޅު ކައުންސިލުން ދައްކަންޖެހޭ ފީ

1

އޯޕަން ޑައިވިންގ ކޯހުގެ ފީ

1705.00

1000.00

352.50

352.50

2

އެޑްވާންސް ޑައިވިންގ ކޯހުގެ ފީ

1705.00

1000.00

352.50

352.50

 

 

 

 

 

 

 

 

ވީމާ މި ކޯސްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 އޭޕްރިލް 2023 ވަނަ ދުވަހުގެ 13:00 ކުރިން މި އިދާރާގެ ނަންބަރ 6720606 ފޯނާއި ގުޅާ ނަންނޯޓްކުރެއްވުން އެދެމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2023/22

ޕަބްލިޝް ކުރި ތާރީޚް: 12/04/2023

ސުންގަޑި: 2024-03-28 18:14:48