މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މަގުތައް ސާފުކޮށް ބެލެހެއްޓުން

13 ސެޕްޓެމްބަރ 2021      2 years ago


މިހާރަކަށްއައިސް ވަރަށް ގިނަ ގޯއްޗާއި ގުޅިފައިވާ މަގުތައް ސާފުނުކޮށް އޮތުމާއި ސާފުކުރަންޖެހޭ ސަރަހައްދުގައި ސަތަރި، ބޯކަރުދާސް، ޓިނު ފަދަތަކެތި ބެހެއްޓުމާއި އަދި ގާކުޑި އަޅާފައި ހުންނަކަންވަނީ ފާހަގަކުރެވިފައެވެ. އަދި ބައެއް ގޯތިތަކުގައި އިންދާފައި ހުންނަ ރުއްގަހުގެ ފަނާއި ގޮފި ފަދަތަކެތިން މަގުމަތި ބޭނުންކުރާ މީހުނަށާއި މަގުމަތީގައި ދުއްވާ ވެހިކަލްތަކަށް އުދަގޫ ވަމުންދާތީ ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާ ލިބެމުންދެއެވެ.

ވީމާ، ކޮންމެ ގޯއްޗަކާއި ގުޅިފައިވާ މަގުތައް ސާފުކޮށް ބެލެހެއްޓުމާއި މަގު މައްޗައް އަޅާފައިހުރި ގާ ކުޑިތައް މައްޗަށް ވެލިއަޅާ ނުވަތަ އެގާތައްނަގާ މަގުހިގާ މީހުންނަށާއި ދުއްވާ ވެހިކަލްތަކަށް އުދަގޫނުވާނޭހެން ހެދުމަށް ދަންނަވަމެވެ. އަދި ގޯތިތަކުގައި އިންދާފައިހުންނަ ރުއްގަހުން މަގުމައްޗަށް ގޮސްފައިހުންނަ ފަނާއި ގޮފިތަކުން މީހުންނަށް އުދަގޫނުވާނޭހެން ކޮށާފައި ބެހެއްޓުމަށް ދަންނަވާ ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

 



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2021/113

ޕަބްލިޝް ކުރި ތާރީޚް: 13/09/2021

ސުންގަޑި: 2024-04-19 17:41:43