މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މިދުވަސްކޮޅު ރަށުގެ އިރުވާފަރާތަށް މޫދަށް އެރިއުޅުމާއި ގުޅޭ

12 ޖަނަވަރީ 2022      2 years ago


މ.ކޮޅުފުށީ ގިރާސަރަޙައްދު ހިމާޔަތްކުރުމުގެ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް ވަނީ ފެށިފައެވެ. އެގޮތުން މިހާރު ކުރިޔަށްދަނީ ރަށުގެ އިރުމަތީ ފަރާތުގެ ބައެއް ސަރަޙައްދު ކޮނުމުގެ މަސައްކަތެވެ. މި މަސައްކަތް ހިނގަމުންދާ ވަގުތުތަކުގައާއި، އަދި އެހެނިހެން ވަގުތުތަކުގައިވެސް ކޮނުމުގެ މަސައްކަތް ހިނގަމުންދާ ސަރަޙައްދާއި ކައިރި ހިސާބުތަކަށް ބައެއް ފަރާތްތަކުން މޫދަށް އެރެމުންދާކަން ވަނީ ކައުންސިލުގެ ސަމާލުކަމަށް އައިސްފައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން މިޕްރޮޖެކްޓްގެ އަމަލީ މަސައްކަތްތައް ހިނގަމުންދާ ދުވަސްވަރު އެ ސަރަޙައްދަށް މޫދަށް އެރިއުޅުމަކީ ރައްކާތެރިކަމެއް ނޫނެވެ. އެހެންކަމުން މިފަދަ އަމަލުތައް މިވަގުތަށް ހުއްޓަލުމަށް އެންމެހާ ރައްޔިތުންނަށް މިފުރުޞަތުގައި ނަސޭޙަތްތެރިވަމެވެ

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                                 



ބާވަތް: އިއުލާން

ނަންބަރ: (IUL)367-prs/367/2022/4

ޕަބްލިޝް ކުރި ތާރީޚް: 12/01/2022

ސުންގަޑި: 2024-03-28 21:15:16