މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ރުއްގަހުގެ ވެރިފަރާތް ހޯދުމާއިބެހޭ

19 ޖަނަވަރީ 2022      2 years ago


މ.ކޮޅުފުށީގައި ފެނުގެނިޒާމް ޤާއިމްކުރާ ސަރަޙައްދަށް އިތުރުކުރި (5 މީޓަރ) ބިމުގައިވާ (މަގާންމަގާއި މިސްކިތްމަގު އިންވާ ސަރަޙައްދުގެ ހުޅަނގުދެކުނު ކަންމަތީ ސަރަޙައްދު) ރުއްގަހުގެ ވެރިފަރާތް ހޯދުމަށްޓަކައި، އެ ރުއްގަހުގައި ވާނީ ރަތް ކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ.       

      ވީމާ، ރަތް ކުލައިގެ ދަވާދުން ފާހަގަކޮށްފައިވާ ރުއްގަހުގެ ވެރިފަރާތެއްވާނަމަ 27 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނަންނޯޓުކުރެއްވުމަށް ދަންނަވަމެވެ. އަދި އެސަރަޙައްދުގައި ހުރި ނަގައިގެން ގެންދެވޭވަރުގެ ރުއްގަހުގެ ވެރިފަރާތްތަކުން އެތަކެތި އިސްވެދެންނެވުނު މުއްދަތުގެތެރޭގައި އެތަނުން ނަގައިގެން ގެންދިއުމަށް ދަންނަވަމެވެ. އަދި މިދެންނެވި މުއްދަތުގައި އެއްވެސް ފަރާތަކުން ޙަވާލުނުވާ ރުއްގަހަކީ އެއްވެސް ފަރާތަކަށް ނިސްބަތްނުވާ ތަކެތި ކަމުގައި ބަލާ، އެތަކެތި ނައްތާލެވޭނެ ކަމުގައި ދަންނަވައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.        



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2022/5

ޕަބްލިޝް ކުރި ތާރީޚް: 19/01/2022

ސުންގަޑި: 2024-04-24 14:31:16