މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ޖެންޑަރ ސެންސިޓައިޒޭޝަން އާއި ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ޕުރޮގުރާމެއް ހިންގައިފި

31 މާރޗް 2022      2 years ago


ޖެންޑަރ ސެންސިޓައިޒޭޝަން އާއި ގުޅޭގޮތުން  ހޭލުންތެރި ކުރުމުގެ ޕުރޮގުރާމެއް ހިންގައިފި

މ.ފެމިލީ  އެނޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި މިކައުންސިލާއިގުޅިގެން ޖެންޑަރ ސެންސިޓައިޒޭޝަން އާއި ގުޅޭގޮތުން  ހޭލުންތެރި ކުރުމުގެ ޕުރޮގުރާމެއް 29 މާޗް 2022 ވަނަ ދުވަހުގެ ރޭ މ.އަތޮޅު މަދަރުސާގެ ހޯލު އިމާރާތުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މ.ކޮޅުފުށީ މުއްސަސާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގި މިޕްރޮގްރާމުގައި ރަށުގެ ހުރިހާ މުއައްސަސާއަކުންވެސް ވަނީ މުވައްޒަފުން ބައިވެރިކުރައްވާފައެވެ.

ޖެންޑަރ އިކުއަލިޓީގެ ޤާނޫނާއި މިންތީގެ ހަމަހަމަ ކަމާގުޅޭގޮތުން މިޕްރޮގްރާމުގައި ވަނީ ބައިވެރިންނަށް މައުލޫމާތު ދީފައެވެ. އަދި މީގެއިތުރުން މުޖުތަމައުގައި ހިނގާ އެކިކަންކަމުގައި ދެޖިންސުގެ ރައްޔިތުންވެސް ބައިވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް މިޕްރޮގްރާމުގައި މައުލޫމާތު ފޯރުކޮށްދިނެވެ.