މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ނުރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އޮނަރަބަލް ޢިމްރާން ޢަބްދުﷲ މުލަކަތޮޅު ކޮޅުފުއްޓަށް ވަޑައިގެން މުލަކަތޮޅު ކޮޅުފުށީ ކައުންސިލާއި ބައްދަލުކުރެއްވުން

22 ޖުލައި 2021      2 years ago


ނުރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އޮނަރަބަލް ޢިމްރާން ޢަބްދުﷲ މުލަކަތޮޅު ކޮޅުފުއްޓަށް ވަޑައިގެން މުލަކަތޮޅު ކޮޅުފުށީ ކައުންސިލާއި ބައްދަލުކުރެއްވުން

ނުރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އޮނަރަބަލް ޢިމްރާން ޢަބްދުﷲ މުލަކަތޮޅު ކޮޅުފުއްޓަށް ވަޑައިގެން މުލަކަތޮޅު ކޮޅުފުށީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ 21 ޖުލައި 2021 ވި ބުދަ ދުވަހުގެ ރޭ 21:30 ގައި ކޮޅުފުށީ ކައުންސިލުގެ ޖަލްސާކުރާ މާލަމްގައެވެ. މިބައްދަލުކުރެއްވުމުގައި މ.ކޮޅުފުއްޓަށް ދިމާވެފައިވާ އިޖްތިމާޢީ، އިޤްތިޞާދީ އަދި އުމްރާނީ މައްސަލަތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި ޚިޔާލު ބަދަލުކުރެވިފައި ވެއެވެ. އަދި، މ.ކޮޅުފުއްޓަށް ތަރައްޤީއާއި ކުރިއެރުން ގެނައުމަށް ކައުންސިލުން ކުރައްވަމުން ގެންދަވާ ވިސްނުންތެރި ބުރަ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވަވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވަވާފައެވެ.  

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒުން ކޮޅުފުށީ ކައުންސިލާއި ބަހައްޓަވަމުން ގެންދަވާ ގާތްކަން ފާހަގަކުރައްވައި ކައުންސިލުގެ ރައީސް ވަނީ މިނިސްޓަރަށް ޝުކުރު ދަންނަވާފައެވެ. އަދި ކޮޅުފުށީ ކައުންސިލަށް އެބޭފުޅުން އިންތިޚާބުވެ ކައުންސިލާއި ހަވާލުވިތާ މިވީ މަދުދުވަސްކޮޅުގެ ތެރޭގައި ރަށުގެ ތައްޤީއާއި ކުރިއެރުމަށް ކޮށްދެވިފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާ ލެއްވިއެވެ. ހަމައެހެންމެ، މުސްތަޤުބަލުގައި ކުރުމަށް ރޭވިފައިވާ ގިނަގުނަ މަޝްރޫޢުތަށް މިނިސްޓަރަށް ހިއްސާ ކުރައްވައި ޚިޔާލު ބަދަލުކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލުގެ ރައީސްގެ އަރިހުގައި ކައުންސިލް މެންބަރުން ބައިވެރިވެލެއްވިއެވެ.