މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ރަށުފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

17 މެއި 2022      1 year ago


ރަށުފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

ރަށު ފެންވަރުގައި ކުޑަކުދިންގެ ދުވަސް 13 މޭ 2022 ގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މިހަރަކާތް އޮތީ ހުކުރު ދުވަހު ހަވީރު 16:30 ގައި ކޮޅުފުށީ ކައުންސިލްގެ ފުޓްސަލް ދަނޑުގައެވެ. ވިއްސާރަ ދުވަސްވަރެއް ނަމަވެސް، މިހަރަކާތް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމުގައި ކޮޅުފުށީގެ ހުރިހާ މުއައްސަސާތަކެއްގެ ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ކައުންސިލަށް ވަނީ ލިބިގެން ގޮސްފައެވެ.

ކުޑަކުދިންގެ މިހަވީރުގައި ކޮޅުފުށީގައި ދިރިއުޅެމުންދާ ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ. އުފާވެރި މާހައުލެއްގައި ކުރިޔަށް ގެންދެވުނު މިހަވީރުގައި ތަފާތު އެކިއެކި ކުޅިވަރުތައް ހިމެނޭ ސްޓޯލްތަކެއް ވަނީ ފެނިގެން ގޮސްފައެވެ.