މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ނަރުހުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

22 މެއި 2022      1 year ago


ނަރުހުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

މުލަކަތޮޅު ކޮޅުފުށީ ކައުންސިލާއި މުލަކަތޮޅު އަތޮޅު ކައުންސިލް އަދި ކޮޅުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ނަރުހުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ރެޔާދުވާލު ނަރުހުން ކުރައްވަމުން ގެންދަވާ އަގުހުރި ބުރަ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވިގެންދިޔަ މިހަފްލާ އޮތީ 19 މޭ 2022 (20:30) ގައި ކޮޅުފުށީ ޕްރީސްކޫލުގައެވެ. މި ހަފްލާގައި ކޮޅުފުށީ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރައްވަމުން ގެންދަވާ ހުރިހާ ނަރުހުންނަށް ކޮޅުފުށީ ކައުންސިލުގެ ފަރާތުން ވަނީ ޚާއްސަ ހަދިޔާއެއް އަރުވާފައެވެ. އަދި މިހަފްލާގައި ނަރުހުންގެ ދުވަހަށް ޚާއްސަ ކޭކެއް ފަޅައި، ރޭގަނޑުގެ ފަރިއްކޮޅެއް ހަފްލާގެ ބައިވެރިނަށް ވަނީ އަރުވާފައެވެ.

      ރަށު ފެންވަރުގައި ބޭއްވިގެންދިޔަ ކުލަގަދަ މިހަފްލާގައި ކޮޅުފުށީ ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެންމެހާ މުވައްޒަފުންނާއި، ކައުންސިލް މެންބަރުން އަދި ކައުންސިލުގެ އިދާރީ މުވައްޒަފުން ވަނީ ބައިވެރިވެލައްވާފައެވެ.