މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ބޮޑުގުދަން ނެގުމުގެ މަސައްކަތް ހަވާލުކުރުން

7 ޖޫން 2022      1 year ago


ބޮޑުގުދަން ނެގުމުގެ މަސައްކަތް ހަވާލުކުރުން

މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުގައި ހުރި ބޮޑުގުދަން ނަގައި ބިންސާފުކުރުމުގެ މަސައްކަތްތައް ކުރުމުގެ އެއްބަސްވުމުގައި މިއަދު (07.06.2022 ، އަންގާރަ) ސޮއިކޮށްފިއެވެ. މިމަސައްކަތް ކުރުމަށް ހަވާލުކުރެވުނީ އިން ހޯމް ކާޕެންޓްރީ އަށެވެ. ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ނައިބުރައީސް އާދަމް ފަޔާޟް އެވެ. އަދި އިން ހޯމް ކާޕެންޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިން ހޯމް ކާޕެންޓްރީގެ ރެޕްރެޒެންޓޭޓިވް އަޙްމަދު ސަކީބްއެވެ.

ޖުމްލަ 18,800.00 (އަށާރަހާސް އަށްސަތޭކަ) ރުފިޔާގެ މިޕްރޮޖެކްޓް އިން ހޯމް ކާޕެންޓްރީއާއި ހަވާލުކުރެވުނީ  08 (އަށެއް) ދުވަސް ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށެވެ.