މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީގައި އިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓު ޕްރޮޖެކްޓުގެ މަސައްކަތްކުރައްވާ ޕްރެސިޝަން އިންޖިނިއަރިން ސާރވިސަސް (ޕެސް) ގެ ބޭފުޅުންނާއި މ.ކޮޅުފުށީ ކައުންސިލުން ބައްދަލުކުރައްވައިފި

26 އޮގަސްޓް 2021      2 years ago

 މި ބައްދަލުކުރެއްވުން އޮތީ 26 އޮގަސްޓް 2021 (ބުރާސްފަތި) ދުވަހުގެ 14:30 ގައި މ.ކޮޅުފުށީ ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައި މި ޕްރޮޖެކްޓުގެ މަސައްކަތް އިތުރަށް ރަނގަޅު ކުރުމަށް ކައުންސިލާއި މަސައްކަތްކުރައްވާ ކުންފުނީގެ އޮފިޝަލުން ވަނީ މަޝްވަރާކުރައްވާފައެވެ. މިގޮތުން މަސައްކަތު ސައިޓުގައި މަސައްކަތްކުރާނެ އިތުރު މުވައްޒަފުން ސެޕްޓެންބަރ 15 ގެ ކުރިން ރަށަށް ގެންނާނެ ކަމަށް ޕެސް އިން މައުލޫމާތު ދެއްވިއެވެ. މީގެ އިތުރުން މަސައްކަތް ސުޕަވައިޒް ކުރުމަށް އިތުރު ސައިޓް ސުޕަވައިޒަރުން އައްޔަން ކުރާނެ ކަމުގައިވެސް މައުލޫމާތު ދެއްވިއެވެ. އަދި މުޅި ޕްރޮޖެކްޓް 2022 ވަނަ އަހަރުގެ އޭޕްރީލް މަސް ނިމުމުގެ ކުރިން އެއްކޮށް ނިންމާލެވޭވަރުވާނެ ކަމުގައި ދެންނެވިއެވެ.