މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ފޮޓޯ އަލްބަމް

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ މަސްރޭސް 2022

މުލަކަތޮޅު ކޮޅުފުށީ ކައުންސިލުން އިސްނަގައިގެން ކޮޅުފުށީ މުއައްސަސާތަކާއި، ކޮޅުފުށީ ރައްޔިތުންނަށް ހުޅުވާލައިގެން، 2022 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން "މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ މަސްރޭސް 2022" މިނަމުގައި މަސްރޭހެއް ބާއްވައިފިއެވެ. މިއަހަރުގެ މަސްރޭހުގެ އެއްވަނަ ކާމިޔާބުކޮށްފައި ވަނީ "ޓީމު ކެޔޮޅު"، ދެވަނަ ކާމިޔާބުކޮށްފައި ވަނީ "ޓީމް ބްލެކް މާލިން" އަދި ތިންވަނަ ކާމިޔާބުކޮށްފައިވަނީ "ޓީމް ސައިލެންޓް ކިލާރ" އެވެ.