މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މަގުތަކުގައި ޤަވައިދާއި ޚިލާފަށް ބަހައްޓާފައި ހުރި ތަކެތި ނެގުމަށް އެންގުން

27 ޖޫން 2022      1 year ago


ޤާނުނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ރަށު ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލެވިފައިވާ "އާންމު އުނދަގުލާއި ބެހޭ ޤަވަޢިދުގެ 14 ވަނަ މާއްދާ (މަގުތަކުގައި ތަކެތި ބެހެއްޓުން) މި މާއްދާގެ (ހ) ގައިވާ ގޮތުން ކައުންސިލްގެ ހުއްދަނެތި، ހިނގާބިނގާވެ އުޅޭފަރާތްތަކަށާއި ދުއްވާ އެއްޗިއްސަށް ދަތިވާގޮތަށް މަގުތަކުގައި އެއްވެސް އެއްޗެއް ނުބެހެއްޓޭނެއެވެ.

އަޟްހާ ޢީދަށް ވަރަށް ގިނަބަޔަކު ރަށަށް ޒިޔާރަތްކުރާނެތީ، ރަށުގެ މަގުތަކުގައްޔާއި އިޖްތިމާޢީ ސަރަޙައްދުތަކުގައި އަދި ބަނދަރުމަތީގައި ބަހައްޓާފައި ހުރި ތަކެތި ނަގައި ރަށުތެރެއާއި އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބޭއްވުމަށް މިކައުންސިލުން ބޭނުންވެއެވެ.

ވީމާ މަގުތަކުގައްޔާއި، އިޖުތިމާޢީ ސަރަޙައްދުތަކާއި އަދި ބަނދަރުމަތީގައި ކައުންސިލުގެ ހުއްދަނެތި ބަހައްޓާފައި ހުރި (ގަސްތަކާއި، ސިމެންތިގަލާއި، ވެލިގޯންޏާއި، ދަރު އަދި ފަން) ފަދަ އެންމެހާ ތަކެއްޗާއި، އާންމުންނަށް އުނދަގޫވާނެހެން މަގުމައްޗަށް ވާގޮތަށް ހުރި ރުއްރުކުގެ ފަންތަކާއި ގަސްގަހުގެ ގޮފިތައް 30 ޖޫން 2022 ގެ ނިޔަލަށް ކޮށާ / ނެންގުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ފަހުން މަގުތަކާއި، އިޖުތިމާޢީ ސަރަޙައްދުތައް އަދި ބަނދަރުމަތީގައި ހުރި މިފަދަ ތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް މިކައުންސިލުން ކުރަމުންގެންދާނެ ކަމުގައި ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2022/50

ޕަބްލިޝް ކުރި ތާރީޚް: 27/06/2022

ސުންގަޑި: 2022-06-30 23:59:00