މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށިން ބަންޑާރަގޯތި ދޫކުރުން

6 ސެޕްޓެމްބަރ 2021      2 years ago


މ.ކޮޅުފުށީގައި އެޅުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓު ޕްރޮޖެކްޓުގެ ދަށުން ގެވަޅުތަކުގައި ގެއަޅާ ފަރާތްތަކަށްވާ ޖާގަ (ސްލޮޓްތަށް) ދޫކުރުމަށްފަހު ބާކީއޮތް 33 ޖާގައަށް ގޯތި ދޫކުރުމަށް މިކައުންސިލުން ބޭނުންވެއެވެ. އެގޮތުން މިބުރުގައި ކޮޅުފުށީގެ 2 ސަރަޙައްދަކުން ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ، ގޯތި ލިބިލައްވާ ފަރާތްތަކުން 100 ހައުސިންގ ޔުނިޓު ޕްރޮޖެކްޓުގެ ދަށުން ގެއެޅުން ލާޒިމުވާނެކަމުގައި ދަންނަވަމެވެ.

މ.ކޮޅުފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު މިއިޢުލާނާއިއެކު އާއްމުކުރެވިފައި ވާނެއެވެ. ފޯމު ހުށަހަޅުއްވާއިރު، ފޯމާއިއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ފޯމު ހުށަހެޅުއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ގޯއްޗަށް އެދިލައްވާ ފަރާތްތަކުން ރަސްމީ ބަންދު ދުވަސްތައް ފިޔަވާ، 07 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުން ފެށިގެން 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 9:00 އިން 12:00 އަށް، ގޯއްޗަށް އެދޭ ފޯމް ފުރުއްވައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ގޯއްޗަށް އެދޭ ފޯމް މިއިދާރާއިން އަދި މިއިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެކަމުގައި ދަންނަވައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިޢުލާނާއި ގުޅޭ ލިޔެކިޔުންތައް ޑައުންލޯޑް ކުރުމަށް



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2021/112

ޕަބްލިޝް ކުރި ތާރީޚް: 06/09/2021

ސުންގަޑި: 2021-09-30 12:00:00