މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ޕްލާސްޓިކް ފުޅި (ހުސްފުޅި) ގަންނަން ފެށުމާއި ގުޅޭ

30 މާރޗް 2023      1 year ago


ކޮޅުފުށީގައި ޤާއިމްކުރާ ކުނި މެނޭޖުކުރުމުގެ ސެންޓަރުގެ މަސައްކަތްނިމި ޚިދުމަތް ދިނުމަށް ފެށުމުގެ ކުރިން ހޭދަވާ މުއްދަތުގައި، ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށްޓަކައި ރައްޔިތުން އަމަލުކުރާނެ ގޮތުގެ އުޞޫލެއް ކައުންސިލުން އެކުލަވާލައި 05 ފެބްރުއަރީ 2023 ވަނަ ދުވަހު ވާނީ އިޢުލާނު ކުރެވިފައެވެ. ރައްޔިތުންގެ އާންމު ސިއްޙަތަށާއި، ޒަމާނުއްސުރެ ކޮޅުފުށީގައި އުފެދިފައިވާ ކުނީގެ ބޮޑު މައްސަލައަށް ލުޔެއް ގެނައުމަށް ކައުންސިލުން އެކުލަވާލާ މިފަދަ ޤަވާއިދުތަކަށް ބައެއް ފަރާތްތަކުން އަމަލުކުރަމުން ނުދިޔުމަކީ، އެކަމުގެ ނޭދެވޭއަސަރު މި ކުޑަކުޑަ މުޖުތަމަޢުއަށް ފޯރާނެކަމެކެވެ. އެހެންކަމުން ކޮންމެ ބޭފުޅަކުވެސް ފަރުދީޒިންމާ އަދާކުރައްވާ، ހުރިހާ ރައްޔިތުންގެ ފައިދާއަށް ކައުންސިލުން އަންގާ މިފަދަ އެންގުންތަކަށް ތަބާވުމުގެ ނަތީޖާއަކަށް ވެގެންދާނީ ކުނީގެ ސަބަބުން އުފެދޭ ތަފާތު މައްސަލަތަކަށް ހައްލުލިބި، ރައްޔިތުންނަށް އޭގެ ފައިދާކުރުމެވެ. އެގޮތުން އިސްވެދެންނެވުނު އުޞޫލަށް ރައްޔިތުން އަމަލުކުރައްވަން ފެއްޓެވިފަހުން މެހި މަދުވެފައިވާކަން ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.

މީގެއިތުރުން، ރަށުގެ ވަގުތީ 2 ކުނިގޮނޑާއި ވަށައިގެންވާ މާޙައުލު އެންމެބޮޑަށް ތަޣައްޔަރުކުރާ އެއްބާވަތް ކަމުގައިވާ ޕްލާސްޓިކް ފުޅި، ކައުންސިލްގެ ފަރާތުން ގަތުމަށް (ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ 09:00 އިން 13:00 އަށް) ވަނީ ނިންމާފައެވެ. ޕްލާސްޓިކް ފުޅި (ފެން ހުސްކުރި ފުޅި ނުވަތަ ފެންނޫން އެހެން އެއްޗެއް އަޅާފައިވާ ފުޅިއެއްނަމަ ފެނުން ދޮވެ ސާފުކޮށްފައި) ގޯންޔެއް ގަންނަ އަގަކީ 10/- (ދިހަރުފިޔާ) އެވެ. އެގޮތުން؛

  • 50kg ގެ ފުށް/ހަކުރު ހުސްކުރި ނައިލޯނު ގޯންޔެއް، 1.5 ލިޓަރުން ފެށިގެން ކުދިފުޅި (ނުފިއްތަ)
  •  50kgގެ ފުށް/ހަކުރު ހުސްކުރި ނައިލޯނު ގޯންޔެއް، 1.5 ލިޓަރުން ފެށިގެން ބޮޑެތިފުޅި (ފިއްތައިގެން)

 

ވީމާ، އިސްވެދެންނެވުނު ފަދައިން ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ކައުންސިލުން ކުރަމުން ގެންދާ މިފަދަ މުހިންމު މަސައްކަތްތަކަށް އެންމެހާ ރައްޔިތުންގެ އެއްބާރުލެއްވުން ދެއްވުމަށް މިފުރުޞަތުގައި ނަޞޭހަތްތެރިވެ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2023/19

ޕަބްލިޝް ކުރި ތާރީޚް: 30/03/2023

ސުންގަޑި: 2024-04-27 07:06:29