މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ އިދާރާ ހިންގަމުން އަންނަނީ މ.ކޮޅުފުށީ ހަސަންކަލޭފާނު ހިނގުމުގައި ހުންނަ މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ އިދާރާގެ އިމާރާތުގައެވެ. މި އިދާރާގެ ކައުންޓަރ ހުންނާނީ އިމާރާތުގެ ތިރީބައިގައެވެ. އިދާރާ ހުޅުވިފައި ހުންނަނީ ހެނދުނު 8:00 ން ފެށިގެން މެންދުރު ފަހު 14:00 އަށެވެ. ތަކެތި ބަލައިގަންނަ ގަޑިއަކީ، ހެނދުނު 8:30ން ފެށިގެން މެންދުރު 14:00 އަށެވެ.

ކައުންސިލްގެ އިދާރީ ހިންގުން

މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ އިދާރާ ހިންގަމުންދަނީ ކައުންސިލްގެ ލަފާގެ މަތިންނެވެ. ކައުންސިލްގެ އިދާރާގެ އިދާރީ ހިންގުން ބަލަހައްޓަވަނީ ކައުންސިލުގެ ރައީސްގެ ލަފާގެމަތިން ސެކްރެޓެރީ ޖެނެރަލްއެވެ. އަދި ކައުންސިލްގެ އިދާރާއަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނީ ސިވިލްސަރވިސް ކޮމިޝަނުން އަންގާފައިވާ ގޮތުގެ މަތިން ސެކްރެޓެރީ ޖެނެރަލްއެވެ. މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ އިދާރާ ހިންގަމުންދަނީ 2 އޮފީސް ޔުނިޓުކަމަށްވާ ކޯޕަރޭޓް އެފައާޒް ޔުނިޓު އަދި އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓެވެ.

ސީނިއަރ މެނޭޖްމަންޓް ޓީމް:


management1

ނަން:

ސެކްރެޓެރީ ޖެނެރަލް

management2

ޙަސަން ނާފިޒް

ޑިރެކްޓަރ

ކޯޕަރޭޓިވް އެފައާޒް

management3

މުޙައްމަދު މޫނިސް

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މައުލޫމާތަށް އެދުމުގައި އަމަލުކުރަންވީގޮތް

ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމުގައި އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގެ ޒަރިއްޔާއިން، މި އިދާރާގެ އިންފޮމޭޝަން އޮފިސަރަށެވެ. މި ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާގޮތަށް ހުށަހަޅާ ހުށަހެޅުންތަކަށް އެންމެ ލަސްވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި މަޢުލޫމާތު ދޫކުރާނެއެވެ. އެހެންނަމަވެސް އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބަކަށްޓަކައި، އެ މުއްދަތު އިތުރު 14 (ސާދަ) ދުވަހަށް މި އިދާރާއަށް އިތުރުކުރެވިދާނެއެވެ. އަދި އެ ޤާނޫނުގެ 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ އެ ޤާނޫނުގެ ހަތްވަނަ ބާބުގައި ބަޔާންކުރާފަދަ ޙާލަތެއްގައި، މަޢުލޫމާތު ދިނުން ފަސްކުރުން ނުވަތަ އިންކާރުކުރުމުގެ އިޚްތިޔާރު މި އިދާރާއަށް ލިބިގެންވެއެވެ.

    މިއިދާރާގެ އިންފޮމޭޝަން އޮފިސަރަކީ:

    • ނަން: މުޙައްމަދު މަޖުދީނަޞީރު
    • މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ
    • މޯބައިލް: 7870815
    • ފޯން: 6720606
    • އީމެއިލް: info@kolhufushi.gov.mv

އޮނިގަނޑު

މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ އިދާރާގައި ހިމެނެނީ ދެ އޮފީސް ޔުނިޓެވެ. އެއީ ކޯޕަރޭޓް އެފެއާޒް ޔުނިޓާއި، އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓެވެ. ކޯޕަރޭޓް އެފެއާޒް ޔުނިޓުގައި ހިމެނެނީ އެޑްމިން، ފައިނޭންސްގެ އިތުރުން ހިއުމަން ރިސޯސަސްއެވެ. އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓުގައި ހިމެނެނީ މުނިސިޕަލް ސާރވިސް، އިކޮނޮމިކް އެންޑް ސޯޝަލް ސާރވިސްއެވެ. ސިވިލސް ސާވިސް ކޮމިޝަނުން މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ އިދާރާ ފާސްކޮށްދެއްވާފައިވާ ގޮތް ތިރީގައި އެވަނީއެވެ.

org_structure