މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ދީނީ ސުވާލު މުބާރާތުގެ އުޞޫލް

31 މާރޗް 2022     


މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ދީނީ ސުވާލު މުބާރާތުގެ އުޞޫލް

  1. ތަޢާރަފް: މިއީ މ.ކޮޅުފުށީ ރަށްވެހިންނަށާއި، މ.ކޮޅުފުށީގައި ވަޒަންވެރިވެ ދިރިއުޅޭ ފަރާތްތަކަށް އާންމުކޮށް ހުޅުވާލައިގެން މ.ކޮޅުފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދީނީ ސުވާލު މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތުގެ އުޞޫލެވެ.
  2. މުބާރާތުގެ ނަން: މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ދީނީ ސުވާލު މުބާރާތް 1443
  3. މުބާރާތުގެ މަޤުޞަދު: މި މުބާރާތް ކުރިއަށް ގެންދިއުމުގެ މަޤުޞަދަކީ މ.ކޮޅުފުށީ ރަށްވެހިންނާއި ކޮޅުފުށީގައި ދިރިއުޅޭފަރާތްތަކުގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ލޯބިޖައްސައި، ދީނީ ޢިލްމު ފެތުރުމެވެ.
  4. މުބާރާތް ކުރިއަށް ގެންދާނެގޮތް : މިމުބާރާތް ކުރިއަށް ގެންދާނީ ކައުންސިލްގެ ކޮމިޔުނިޓީ ވައިބަރ ގުރޫޕް މެދުވެރިކޮށް އޮންލައިން ކޮށެވެ.
  5. މުބާރާތުގައި ބައިވެރިވުން: މުބާރާތުގައި ކުރެވޭ ސުވާލުތަކުގެ ޖަވާބު ފޮނުވުމުން މުބާރާތުގައި ބައިވެރިވެވުނީއެވެ. ޖަވާބު ފޮނުވަން ވާނީ ނަމާއި އައިޑީކާޑޫ ނަމްބަރ ހިމަނައިގެންނެވެ.
  6. މުބާރާތުގައި ބައިވެރިވުމުގެ ސަރުތު:

ހ. މި މުބާރާތުގައި ބައިވެރިވެވޭނީ މ.ކޮޅުފުށީގެ ރަށްވެހިންނަށާއި، ކޮޅުފުށީގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް ކައުންސިލް އިދާރާގެ މުވައްޒަފުނަށް މިމުބާރާތުގައި ބައިވެރިއެއް ނުވެވޭއެވެ.

   7.  މުބާރާތުގައި ހޮވޭނެ ވަނަތަށް: މިމިބާރާތުގައި ހޮވުމަށް ހަމަޖެހިފައިވަނީ މިޅު މުބާރާތުގެ 01 ވަނަ އެކަންޏެވެ.

   8. މުބާރާތުގައި ވަނަ ހޮވުމުގައި ޢަމަލުކުރާނޭގޮތް :

      ހ. މުބާރާތުގައި އެއްވަނަ އަށް ހޮވާނީ ހުރިހައި ސުވާލުތަކަށް ރަނގަޅު ޖަވާބުދޭ ފަރާތެވެ. އެއް ފަރާތަށްވުރެ ގިނަ ފަރާތުން ހުރިހައި ސުވާލުތަކެއްގެ ޖަވާބު ރަގަނޅު ކޮށްފައިވާނަމަ އެހުރިހާ ފަރާތްތަކެއްގެ މެދުގައި ގުރުއަތު ނަގައި އިނާމު ލިބޭ ފަރާތް ކަނޑައަޅާނީއެވެ. މިގޮތުން އިނާމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ 1,000.00 (އެއް ހާސް) ރުފިޔާ އެވެ.

   9. މުބާރާތުގެ އިންތިޒާމް ކޮމިޓީ:

       މިމުބާރާތުގެ އިންތިޒާމް ހަމަޖެއްސުމަށް އިންތިޒާމް ކޮމިޓީއެއް ކަނޑައަޅަން ވާނެއެވެ. އިންތިޒާމް ކޮމިޓީ އެކުލެވިގެންވާނީ ކައުންސިލްގެ 2 މެންބަރުންނާއި އިދާރީ 3 މުވައްޒަފުންގެ މައްޗަށެވެ. މުބާރާތުގައި ކުރާނެ ސުވާލުތައް ތައްޔާރުކޮށް މުބާރާތް ކުރިއަށް ގެންދިއުމުގެ އެންމެހާ ކަންކަމާއި ވަނަވަނައަށްދާ ފަރާތްތައް ކަނޑައަޅާނީވެސް އިންތިޒާމް ކޮމިޓީންނެވެ.

  10: މުބާރާތުގައި ސުވާލުކުރެވޭނެ ގޮތާއި ޖަވާބު ފޮނުވާނެގޮތް:

     ހ. މުބާރާތުގައި ކުރެވޭނީ 30 ސުވާލެވެ. މިސުވާލުތައް ކުރެވޭނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 30 ދުވަސް ވަންދެން ކޮންމެ ދުވަހަކު 1 ސުވާލެވެ.

     ށ. ކޮންމެ ދުވަހެއްގެ ސުވާލު އެދުވަހެއްގެ 10:00 ގެ ކުރިން ކައުންސިލްގެ ކޮމިޔުނިޓީ ވައިބަރ ގުރޫޕުގައި ޕޯސްޓު ކުރެވޭނެއެވެ.

     ނ. ކޮންމެ ދުވަހަކުވެސް ކުރެވޭ ސުވާލުގެ ޖަވާބު އެދުވަހެއްގެ 00:00 ގެކުރިން 9114489 މި ފޯން ނަމްބަރަށް ފޮނުވަން ވާނެއެވެ. އޭގެފަހުން ފޮނުވާ ޖަވާބު ބަލައެއް ނުގަނެވޭނެއެވެ.

     ރ. ޖަވާބު ފޮނުވާއިރު ސުވާލާއެކުގައި ދެވިފައިވާ އިރުސާދާއި އެއްގޮތަށް އަމަލުކޮށްފައި ނުވާނަމަ އެޖަވާބެއް ބަލައެއް ނުގަނެވޭނެއެވެ.

     ބ. ޖަވާބު ފޮނުވާނީ އެސް.އެމް.އެސް ނުވަތަ ވައިބަރ މެދުވެރި ކޮށެވެ.


އުސޫލު / ޤަވާއިދު ޑައުންލޯޑް ކުރެއްވުމަށް

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ދީނީ ސުވާލު މުބާރާތުގެ އުޞޫލް


ބާވަތް: އުސޫލު / ޤަވާއިދު

ދައުރު: 4 ވަނަ ދައުރު

ނަންބަރ:

ތާރީޚް: 30/03/2022