މ.ކޮޅުފުށިން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލު
ތަޢާރަފާއި ނަން |
1. |
(ހ) |
މިއީ މ.ކޮޅުފުށިން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމަށްޓަކައި އެކުލަވާލެވިފައިވާ އުޞޫލެކެވެ. މިއުޞޫލު އާއްމުކުރުމަށްފަހު ދަނޑުބިން ދޫކުރުމާއިބެހޭ ގަވާއިދު ފާސްކޮށް ގެޒެޓްކޮށް އަމަލުކުރަންފަށާ ތާރީޚުން ފެށިގެން މިއުޞޫލު ހިނގާނީ އެގަވައިދުގެ ދަށުނެވެ. |
|
|
|
(ށ) |
މި އުޞޫލަށް ކިޔާނީ "މ. ކޮޅުފުށިން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލު" އެވެ.
|
|
އުޞޫލު ހިންގައި ތަންފީޒުކުރާ ފަރާތް |
2. |
(ހ) |
މި އުޞޫލު ހިންގައި ތަންފީޒުކުރާނީ، މ. ކޮޅުފުށީ ކައުންސިލްގެ އިދާރާއިންނެވެ.
|
|
މަޤްޞަދު |
3. |
(ހ) |
މި އުޞޫލަކީ މ.ކޮޅުފުށީގައި ދަނޑުވެރިކަން ކުރުމަށް ތަރައްޤީކުރެވިފައިވާ ދަނޑުބިމާއި މީގެއިތުރުންވެސް ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމަށް ހުއްދަ ދިނުމާއި، ހުއްދަ ބާތިލްކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުސޫލުތަކާއި ބިމުގެ ބޮޑުމިނާއި، ބިންސާފު ކުރުމާއި، ބިން ބެލެހެއްޓުމާއި، ބިންސާފު ކޮށް ކުނި ނައްތާލަން ޖެހޭނެ ގޮތާއި، ބިން ދޫކުރުމުގައި ޢާއްމުކޮށް ބެލޭނެ ކަންކަމާއި، ބިމުގައި އިންދުމަށް ހުއްދަދެވޭ ބާވަތްތަކާއި، އިންދާ ގަސް ހެއްދުމަށާއި، ޕެސްޓް ކޮންޓްރޯލް ކުރުމަށް ގެންގުޅޭ ކެމިކަލްތަކުގެ ރައްކާތެރިކަމާއި، ހައްދާ ބާވަތްތަކުގެ ސިއްހީ މިންގަނޑު ރަނގަޅު ކުރުމަށް ކައުންސިލުން ބާރުއަޅާ މިންވަރާއި އަދި މިނޫންވެސް މުހިންމު އުސޫލުތައް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ އުޞޫލެކެވެ.
|
|
ޢަމަލު ކުރަން ފަށާ ތާރީޚު |
4. |
(ހ) |
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، ކައުންސިލްގެ އާއްމު ބައްދަލުވުމަކުން ފާސްކޮށް އާންމުކުރާ ތާރީޚުން ފެށިގެންނެވެ. |
|
ދަނޑުބިން
|
5. |
|
މިއުޞޫލުގެ ދަށުން ދޫކުރާ ދަނޑުބިންތައް ތިރީގައިއެވަނީއެވެ. |
|
|
|
(ހ)
(ށ)
|
ހިންނަ ސަރަޙައްދުން 20 ދަނޑުބިން އަދި އުތުރުއަވަށު ކުރީގެ ބޯޅަ ދަނޑު ސަރަޙައްދުން 2 ބިން މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަނޑުބިން ފިޔަވައި ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ކައުންސިލުން ކަނޑައަޅާ ދަނޑުބިން |
|
ދަނޑުބިމުގެ އަދަދު |
6. |
(ހ) |
ހިންނަ ސަރަޙައްދުން 20 ދަނޑުބިން އަދި އުތުރު އަވަށު ކުރީގެ ބޯޅަދަނޑު ސަރަޙައްދު 2 ދަނޑުބިން |
|
ދަނޑު ބިމަށް އެދުމާއި ދަނޑުބިން ދޫކުރުން |
7. |
(ށ) |
ދަނޑުބިމަށް އެދެވޭނީ، މި އުޞޫލުގެ ޖަދުވަލު 1 ގައިވާ، އެކަމަށް ޚާއްޞަކޮށް މި ކައުންސިލުން ދޫކުރާ "ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދޭ ފޯމު" ހުށަހަޅައިގެންނެވެ. މި ފޯމު ލިބޭނެ އިންތިޒާމު ކައުންސިލުން ހަމަޖައްސަންވާނެއެވެ. |
|
|
|
(ނ) |
ދަނޑުބިމާއި ދިގުމުއްދަތަށް ދޫކުރާ ދަނޑުބިމަށް އެދި ކުރިމަތިލައްވާފައިވާ އަމިއްލަ ފަރުދުންނަށް ދަނޑުބިން ދޫކުރުމަށް އެކުލަވާލާފައިވާ ކޮމެޓީއިން ޕޮއިންޓް ދޭނެ އުޞޫލު ޖަދުވަލު 3 ގައި ވާނެއެވެ. |
|
|
|
(ރ) |
މިއުޞޫލުގެ ދަށުން ދޫކުރާ ދަނޑުބިން ދޫކުރަންވާނީ، ދަނޑުބިން ދޫކުރާ ފަރާތާއި ދަނޑުބިން ނަގާ ފަރާތާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުން އެކުލަވައިލުމުގައި މާލިއްޔަތު ޤަވާއިދުގެ 6.05 ގައިވާ ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ. |
|
|
|
(ބ) |
ހިންނަ ދަނޑުބިން ސަރަޙައްދުން ބިން ދޫކުރާނީ، އަކަފޫޓަކަށް 15/- (ފަނަރަ) ލާރީގެ ރޭޓުން ކައުންސިލުން ކަނޑައަޅާ ބޮޑުމިނެއްގެ 20 ބިމެވެ. އަދި އުތުރުއަވަށު ކުރީގެ ބޯޅަ ދަނޑު ސަރަޙައްދުން 2 ބިމެވެ. |
|
|
|
|
|
|
|
|
(ޅ) |
ކުއްޔަށް ދޫކޮށްފައިވާ ބިމުގެ މުއްދަތު ހަމަވެގެން، މުއްދަތު އިތުރުކޮށްދެވޭނީ އެ މުއްދަތު ހަމަވުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން އެކަމަށް އެދޭ، މި އުޞޫލުގެ ޖަދުވަލު 2 ގައިވާ "ދަނޑުބިމުގެ މުއްދަތު އިތުރުކުރަން އެދޭ ފޯމު" ކައުންސިލަށް ހުށަހެޅުމުން، ކޮށްފައިވާ މަސައްކަތާއި، އިންވެސްޓްމަންޓްތަކަށް އަދި ވޭތުވެދިޔަތާގައި ދަނޑުވެރިކަމުގެ އުޞޫލާއި އެއްގޮތަށް މަސައްކަތްކޮށްފައިވާ މިންވަރަށް ރިޢާޔަތް ކުރުމަށްފަހު ކައުންސިލުންނެވެ. |
|
|
|
(ކ) |
ހިންނަ ސަރަހައްދުން ދަނޑުބިން ދޫކުރާނީ، މީލާދީ 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި އުތުރު އަވަށު ކުރީގެ ބޯޅަ ދަނޑު ސަރަޙައްދުން 2 އަހަރު ދުވަހުގެ މުއްދަތަށެވެ. |
|
|
|
(އ) |
މި މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތީން މީލާދީ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ. |
|
ދަނޑުބިމުން ކުލި ނެގުން |
8. |
(ހ) |
ތިރީގައިވާ ގޮތުގެ މަތިން ކުލި ނަގަންވާނެއެވެ.
|
|
|
|
(ށ)
|
ކުލި ދައްކަން ކަނޑައަޅާފައިވާ ތާރީޚުގެ ފަހުން ކުލި ބަލައިގަނެވޭނީ ބިމުގެ މުޅި ޖުމުލަ ކުލީގެ %10 (ދިހައެއް) ޕަސެންޓް ޖޫރިމަނާ އަކާއި އެކުގައެވެ. |
|
ދަނޑުބިމުގެ އިންވަކިކޮށްދިނުމާއި، ދަނޑުވެރިކަމުގެ މަސައްކަތްފެށުން
|
9. |
(ހ) |
ދަނޑުބިމަށް އެދުމުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަސްތެރޭގައި ދަނޑުބިން ކުއްޔަށްހިފުމަށް އެދި ހުށަހަޅާ ފަރާތަށް އިންވަކިކޮށްދީ ދަނޑުބިން ހަވާލުކުރަންވާނެއެވެ. |
|
|
(ށ) |
ކައުންސިލުން ދަނޑުބިން ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން 45 (ސާޅީސް ފަސް) ދުވަހުގެ ތެރޭގައި ދަނޑުވެރިކަމުގެ އަމަލީ މަސައްކަތް ފަށަންވާނެއެވެ. |
||
ދަނޑުބިން ސާފުކުރުމާއި ބެލެހެއްޓުމާއި، ކުނި ނައްތާލުން |
10. |
(ހ) |
ދަނޑުބިން ސާފުކުރުމުގައި ނޮޅޭ މާހުއި، މިރިހި، ވިނަ ފަދަ ތަކެތި ނައްތާލުމުގެ ގޮތުން، އެހެން ދަނޑުތަކަށް ގެއްލުން ނުވާނެހެން، ލިބިފައިވާ ދަނޑުގެ ސަރަހައްދުގެ ތެރޭގައި އަންދާލެވިދާނެއެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ލުއި ކުނި ފިޔަވައި، އެހެނިހެން ގޮތްގޮތުން އުފެދޭ ކުންޏާއި، ދަނޑުބިމުން ނެގޭ އާރުލާ ގަސްގަހާގެހި ނައްތާލުމަށް ގެންދަންވާނީ ކުނިއެޅުމަށް ޙައްސަ ކުރެވިފައިވާ ސަރަޙައްދަށެވެ. |
||
|
|
(ނ) |
ދަނޑުބިމުގެ އިންވަކިކުރުމަށް، ހިންނަ ސަރަހައްދުން ދޫކުރާ ދަނޑުބިންތަކުގައި ދަނޑުބިމުގެ ވަށައިގެން ވަޅު ނުވަތަ ކަންޒު ކޮނެވިދާނެއެވެ. ނަމަވެސް އުތުރު އަވަށު ކުރީގެ ފުޓުބޯޅަދަނޑުން ދޫކުރާ ދަނޑުބިންތަކުގައި ވަޅު ނުވަތަ ކަންޒު ކޮނެގެން ނުވާނެއެވެ. |
|
|
|
(ރ) |
ދަނޑުބިމުން ނެގޭ ކުންޏާއި، ބާކީ ކުރެވޭ ތަކެތި ކައިރި ސަރަހައްދުތަކުގެ ވަލުތެރެއަށް އެޅުމަކީ މަނާކަމެކެވެ.
|
|
ދަނޑުވެރިކަން ކުރުން މަނާ ބާވަތްތަކާއި ގޮތްތައް |
11. |
(ހ) |
ދަނޑުވެރިކަން ކުރާ ސަރަހައްދު ތަކުގެ ތެރެއިން ހިންނަސަރަހައްދުން ދޫކުރާ ދަޑުބިންތަކުގައި ތިރީގައިވާ ބާތްތައް އިންދި ދާނެއެވެ. ނަމަވެސް އުތުރު އަވަށު ކުރީގެ ފުޓުބޯޅަ ދަނޑުން ދޫކުރާ ދަނޑުބިންތަކުގައި މިބާވަތްތައް އިންދުމަކީ މަނާކަމެކެވެ. އެބިންތަކުގައި އިންދަންވާނީ އާންމުކޮށް ދަނޑުވެރިކަމުގައި ހެއްދޭ ބާވަތްތައް އެކަންޏެވެ.
|
|
|
|
|
1. |
ބޮޑެތި ވަޅުގަނޑު ކޮނެ ނުވަތަ އާނު ކެނޑުމަށްފަހު އިންދާ ބާވަތްތައް |
|
|
|
2. |
ލަކުޑީގެ ބާވަތްތައް |
|
|
|
3. |
ރުއް |
|
|
|
|
|
|
|
|
4. |
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ނުވަތަ ކައުންސިލުން އަންގާ އެންގުމެއްގެ މަތިން އިންދުން މަނާކުރެވޭ އެހެނިހެން ބާވަތްތައް. |
|
|
(ށ) |
ދަނޑުވެރިކަން ކުރުމަށް ވަޅު ކޮނުމުގައި އެކަށޭނަ މިންވަރަށްވުރެ ބޮޑަށް ކޮނެ ފަސްގަނޑުގެ ލެވެލް ގެއްލުވާލައިގެން ނުވާނެއެވެ. |
|
|
|
(ނ) |
ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ބޭސް އަދި ކެމިކަލްގެ ސަބަބުން އެހެން ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ކުރާގޮތަށް ބޭނުންކޮށް އަދި އަޅައިގެން ނުވާނެއެވެ.
|
|
ދަނޑުބިމުގައި ކުރުން މަނާ އެހެނިހެން ކަންކަން |
12. |
(ހ) |
އަންނަނިވި ކަންތައްތަކަކީ ކައުންސިލުން ދޫކުރާ ދަނޑުބިމުގައި ކުރުން މަނާ ކަންތައްތަކެވެ. |
|
|
|
1. |
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި އިސްލާމްދީން މަނާކުރާ އެއްވެސް ޢަމަލެއް ދަނޑުބިމުގައި ކުރުން؛ |
|
|
|
2. |
ދަނޑުބިންތައް ދޫކުރެވޭ ބޭނުން ކަމަށްވާ، ދަނޑުވެރިކަން ކުރުން ފިޔަވައި އެހެނިހެން މަސައްކަތް ކުރުން؛ |
|
|
|
|
3. |
"ޗައިލްޑް ލޭބަރ" ނުވަތަ ކުޑަކުދިން ލައްވައި ދަނޑުތަކުގައި މަސައްކަތް ކުރުވުން؛ |
|
|
|
4. |
ދަނޑުގައި ފެން ނެގުމަށް ކޮންނަ ވަޅު ފިޔަވައި ބޮޑެތި ވަޅުގަނޑު ހިންނަ ސަރަހައްދުން ދުކުރާ ދަނޑުބިންތަކުގައި ކޮނެވިދާނެއެވެ ނަމަވެސް އުތުރު އަވަށު ކުރީގެ ފުޓުބޯޅަ ދަނޑުން ދޫކުރާ ދަނޑު ބިންތަކުގައި އިތުރަށް ވަޅުކޮނުމަކީ މަނާކަމެކެވެ. |
|
|
|
5. |
އެއްވެސް ބާވަތެއްގެ ހުޅުހިފާ ޒާތުގެ ކެމިކަލެއް، ތެލުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ޑީސަލް، ކަރާސީނު، ޕެޓްރޯލް ފަދަ ތަކެތީގެ 5 ލީޓަރަށް ވުރެ ގިނައިން ދަނޑުގައި ހުންނަ ސްޓޯރުގައި ނުވަތަ ދަނޑުގެ އެހެން ތަނެއްގައި ގެންގުޅުން ނުވަތަ ބެހެއްޓުން؛ |
|
|
|
|
|
|
|
|
6. |
ދަނޑުބިމުގެ ސަރަހައްދު ވަކިކުރުމަށް އެއްވެސް ބާވަތެއްގެ ސިމެންތީގެ ފައުންޑޭޝަނެއް އެޅުން، ފާރު ރޭނުން، ތަނބުފަދަ އެއްޗެހި ޖެހުން. |
|
|
|
7. |
ޤާނޫނު ނަންބަރު 2011/12 (ގަސްގަހާގެހި ޙިމާޔަތް ކުރުމުގެ ޤާނޫނު) ގެ ދަށުން ނޭޝަނަލް ޕްލާންޓް ޕްރޮޓެކްޝަން އޯގަނައިޒޭޝަނުން ކަނޑައަޅާ ގަވާއިދުތަކާއި މިންގަނޑުތަކާ ޚިލާފުވުން.
|
ދަނޑުބިމުގައި ހެއްދޭ ބާވަތްތަކުގެ ޞިއްޙީ މިންގަނޑު |
13. |
(ހ) |
އެއްވެސް ބާވަތެއްގެ މޭވާއެއް ދޮންކުރުމަށް ނުވަތަ ތަރުކާރީއެއް ބޮޑެތިކުރުމަށް އެކަށޭނަ މިންވަރަށްވުރެ އިތުރަށް ބޭސް ނުވަތަ ކެމިކަލް ބޭނުންކޮށްގެން ނުވާނެއެވެ. އަދި ޕެސްޓް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއްގެ ބޭހެއް ނުވަތަ ކެމިކަލެއް އެކަށޭނަ މިންވަރަށްވުރެ އިތުރަށް ބޭނުން ނުކުރުމަށް ސަމާލުކަން ދޭންވާނެއެވެ. |
|
|
|
(ށ) |
ދަނޑު ބިމުގައި ހައްދާ ބާވަތްތައް މާކެޓަށް ނެރުމުގެ ކުރިން އެ ތަކެތި ސާފުތާހިރުކަންމަތީގައި ބެހެއްޓުމަށް ސަމާލުކަންދޭންވާނެއެވެ. އަދި މާކެޓަށް ނެރޭ ކާބޯތަކެއްޗަކީ، ކެއުމުގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ގޮތަށް ހައްދާފައިވާ ތަކެތިތޯ ކައުންސިލުން ކަށަވަރު ކުރަންވާނެއެވެ. |
|
|
|
(ނ) |
ކުނިވެފައިވާ ނުވަތަ ބޭނުންކުރަން ކަމުނުދާ މޭވާއާއި، ތަރުކާރީ ދަނޑުބިމުގެ ސަރަހައްދުގެ ތެރޭގައި ނައްތާލައިގެން ނުވާނެއެވެ. ނުވަ ކުނިވެ ހަލާކުވެ ނެތިދިއުމަށް ބަހައްޓައިގެން ނުވާނެއެވެ. |
|
|
|
(ރ) |
ދަނޑުގައި އާލާވާ ޕެސްޓް ކޮންޓްރޯލްކުރަން ކަމާބެހޭ ވުޒާރާތަކުން އެކަށައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރަންވާނެއެވެ. |
|
|
|
(ބ) |
ދަނޑުގައި ހައްދާ ބާވަތްތަކުގައި އަޅާ އެކިއެކި ސޫފި ނުވަތަ ޕެސްޓް ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތް ކާމިޔާބުނުވާނަމަ ނުވަތަ ކޮންޓްރޯލް ނުކުރެވުނުނަމަ އެކަން ކައުންސިލްގެ ސަމާލުކަމަށް ގެންނަންވާނެއެވެ. |
|
|
|
(ޅ) |
މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ޕެސްޓް ކޮންޓްރޯލް ނުކުރެވޭ ހާލަތްތަކުގައި އެކަން ކައުންސިލްގެ ސަމާލުކަމަށް ނުގެންނަ ފަރާތްތަކާމެދު މި އުޞޫލުގެ 16 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
|
|
އިތުރު ފުރުޞަތެއް ދިނުމަކާ ނުލާ ދަނޑުބިން ވަގުތުންވަކިކުރުން |
14. |
(ހ) |
އަންނަނިވި ކަންތައްތަކުންކުރެ ކަމެއް ކޮށްފިނަމަ އެފަރާތަކަށް ދޫކޮށްފައިވާ ދަނޑުބިން އިތުރު ފުރުޞަތެއް ދިނުމަކާ ނުލައި ވަކިކުރެވޭނެއެވެ. |
|
|
|
1. |
ދަނޑުބިން ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ 1 (އެކެއް) މަސްދުވަސް ކުރިން އެއްބަސްވުން އައުކުރުމަށް ހުށަނާޅާ އޮންނަ އެއްބަސްވުމުގެ މުއްދަތު ހަމަވުން؛ |
|
|
|
|
2. |
ދަނޑުބިމަށް ދައްކަންޖެހޭ ބިމުގެ ކުލި ނުދައްކާތާ 3 މަސްދުވަސް ހަމަވުން؛ |
|
|
|
3. |
ލިބިފައިވާ ދަނޑުބިން ކައުންސިލްގެ ހުއްދައެއް ނެތި އެހެން ފަރާތަކަށް ދިނުން ނުވަތަ ކުއްޔަށް ދިނުން؛ |
|
|
|
4. |
ދަނޑުބިން ދޫކޮށްފައިވާ މުއްދަތު ހަމަވުން؛
|
ދަނޑުބިން ދޫކޮށްފައިވާ ފަރާތްތަކުން ކުރާ އެހެނިހެން ކުށްކުށާއި ގުޅިގެން ފިޔަވަޅު އެޅުން |
15. |
(ހ) |
|
އަންނަނިވި ކަންތައްތަކުންކުރެ ކަމެއް ކޮށްފިނަމަ އެފަރާތަކާ މެދު މި އުޞޫލުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. |
|
|
1. |
މި އުޞޫލުގެ މާއްދާއަކާއި ޚިލާފުވުން؛ |
|
|
|
2. |
ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވުން؛ |
|
|
|
3. |
ދަނޑުބިމުގެ އެއްބަސްވުމާއި ހިލާފުވުން؛ |
|
|
|
4. |
ދަނޑުބިމުގައި ކުރާ ކަމެއްގެ ސަބަބުން ދަނޑުވެރިކަން ކުރާ އެހެން ފަރާތްތަކަށް ލިބޭ ގެއްލުމެއްގެ ކުޑަބޮޑު މިނަށް ބަލައި؛ |
|
|
|
|
5. |
މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާން ވެގެންވާ ކުރުން މަނާ ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުން؛ |
|
|
|
6. |
ދަނޑުގައި އުފެދޭ ކުނި ނައްތާލުމަށް ކައުންސިލުން އަންގާފައިވާ ގޮތާ ޚިލާފަށް ޢަމަލުކުރުން. |
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ ގުޅިގެން ނުވަތަ މި އުޞޫލުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން ފިޔަވަޅު އެޅިގެން ދަނޑުބިން ބާޠިލުކުރާނަމަ އެ ބިމެއްގައިވާ ތަކެއްޗަށް އެއްވެސް ބަދަލެއް ނުދެވޭނެއެވެ. |
|
|
|
(ނ) |
މި މާއްދާގެ (ހ) ގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ނުވަތަ މި އުޞޫލުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަނޑުބިން ވަކި ކޮށްފިނަމަ އެތަނުގައިވާ ނުއުފުލޭ މުދާ ފިޔަވައި އެހެނިހެން ތަކެތި (އާލާތްތަކާއި ސާމާނު ފަދަ ތަކެތި) އެ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން 14 (ސާދަ) ދުވަހުގެ ތެރޭގައި ނެރެ އެ ބިން ހުސްކުރަން ވާނެއެވެ. |
|
|
|
(ރ) |
އަންނަނިވި ހާލަތްތަކުގައި ބިން ވަކިކޮށްފިނަމަ އެ ބިމުގައިހުރި ނުއުފުލޭ މުދަލަށް ބަދަލު ނުދެވޭނެކަން، ކައުންސިލާއި، ބިން ކުއްޔަށްހިފާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ. |
|
|
|
|
1. |
މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްގެން ނުވަތަ މިއުޞޫލުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މި އުޞޫލުގެ 16 ވަނަ މާއްދާގެ ދަށުން ބިން ވަކިކުރުން؛ |
|
|
|
2. |
މި އުޞޫލުގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ދިނުމަށްފަހު އެ މާއްދާގައިވާ ގޮތުގެ މަތިން ބިން ވަކިކުރުން.
|
ދަނޑުބިން ދޫކޮށްފައިވާ ފަރާތްތަކުގެ އަތުން ދަނޑުބިން ވަކިކުރެވޭނެ ޚާއްޞަ ހާލަތު |
16. |
(ހ) |
ދައުލަތުގެ ޕްރޮޖެކްޓެއް ހިންގުމަށްޓަކައި ނުވަތަ ރަށުގެ މުހިންމު ބޭނުމަކަށް ކައުންސިލުން އެދިގެން ބިން ހުސްކުރަން ޖެހިއްޖެނަމަ މި މާއްދާގައިވާ އިޖުރާޢަތުތައް ފުރިހަމަ ކުރުމަށްފަހު ދަނޑުބިން ވަކި ކުރެވިދާނެއެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ދަނޑުބިމެއް ސަރުކާރުގެ ބޭނުމަށް ނަގާނަމަ އެކަން ކުއްޔަށް ހިފާފައިވާ ފަރާތަށް 3 (ތިނެއް) މަސްދުވަސް ކުރިން ލިޔުމުން އަންގަންވާނެއެވެ. މިގޮތަށް މުއްދަތު ދީގެން ވަކިކުރެވޭ ބިންތަކަށް ބަދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ނުދެވޭނެއެވެ. |
||
|
|
(ނ) |
ދައުލަތުގެ ބޭނުމަށް ނުވަތަ އެހެންވެސް ވުޒާރާއަކަށް ބިން ބޭނުންވެގެން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ނުދީ ބިން ނަގާނަމަ، ބިން ބޭނުންވެގެން ނެގި ސަރުކާރުގެ ވުޒާރާއަކުން ކަނޑައަޅާގޮތެއްގެ މަތީން ޝަރުޢީ ހަމަތަކާއި އެއްގޮތަށް ބަދަލު ދެވިދާނެއެވެ. މިގޮތަށްވެސް ބަދަލު ދެވޭނީ އެތަނުގައި ކޮށްފައިވާ އިންވެސްޓްމެންޓްގެ ތެރެއިން ނުއުފުލޭ މުދަލަށެވެ. |
|
|
|
(ނ) |
އެއްވެސް މަޤްބޫލު އުޒުރެއްނެތި، މަސައްކަތެއްނުކޮށް، 2 (ދޭއް) މަސް ފާއިތުވެއްޖެނަމަ، ދަނޑުބިމަށް އެދިފައިވާ އެހެންފަރާތަކަށް ދަނޑުބިން ކުއްޔަށް ދިނުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
|
|
ފިޔަވަޅު އެޅުން |
17. |
(ހ) |
މި އުޞޫލާއި ޚިލާފުވާ ފަރާތްތަކާ މެދު، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 143 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުން، އަންނަނިވި ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. |
|
|
|
|
1. |
މިއުޞޫލުގެ މާއްދާއަކާ ޚިލާފުވެ ކުރާ ކަމެއްގެ ސަބަބުން ފުރަތަމަ ފަހަރު ނަސޭހަތް ދިނުން؛ |
|
|
|
2. |
މި އުޞޫލުގެ މާއްދާއަކާ ޚިލާފުވާ ދެވަނަ ފަހަރު ލިޔުމުން އިންޒާރު ދިނުމާއެކު -/500 (ފަސްސަތޭކަ) ރުފިޔާ އިން ޖޫރިމަނާ ކުރުން؛ |
|
|
|
3. |
މި އުޞޫލާއި ޚިލާފުވާ ތިންވަނަ ފަހަރު ބިން ވަކިކުރުން ނުވަތަ -/1000 (އެއްހާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛ |
|
|
|
4. |
ތިން ފަހަރަށްވުރެ ގިނަ ފަހަރު މި އުޞޫލާއި ޚިލާފުވާ ފަރާތްތަކުގެ ބިން ވަކިކުރުމާއެކު -/5000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން؛ |
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ކުރެވޭތާ 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކައުންސިލަށް ދައްކައި ޚަލާޞްކުރަން ވާނެއެވެ. |
|
|
|
(ނ) |
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތް ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކުރެވޭނެއެވެ. |
|
އިސްތިސްނާ ހާލަތްތައް |
18. |
(ހ) |
އަމިއްލަ ފަރުދުންގެ ގޮތުގައި ދަނޑުވެރިކަން ކުރައްވާ ދަނޑުވެރިންނަށް ކުއްލި ހާލަތެއް މެދުވެރިވެ، އެ ފަރާތުން އެކަން ކައުންސިލަށް އެންގުމުން، އެ ހާލަތުން އަރައިގަނެވެންދެން އެހެން ފަރާތެއް، ދަނޑުބިމުގައި ވަގުތީ ގޮތުން މަސައްކަތް ކުރުމަށް ކައުންސިލުން ޚާއްޞަ ވަގުތީ ހުއްދައެއް ދެވިދާނެއެވެ. މިފަދަ ހާލަތެއްގައި ދަނޑުބިމުގައި ޢަމަލީ ގޮތުން މަސައްކަތް ކުރުމަށް އެހެން ފަރާތަކަށް ޚާއްޞަ ހުއްދައެއް ދެވޭނީ ދަނޑުވެރިކަމުގައި ޢަމަލީ ގޮތުން އުޅެމުންދާ ފަރާތަކަށް ދިމާވާ ކަމެއްގެ މައްޗަށެވެ. އަދި މިފަދަ ޙާލަތެއްގައި މި އުޞޫލުގެ 13 ވަނަ މާއްދާގެ (ހ)ގެ 3 ގައި ބަޔާންވެގެންވާ ޙާލަތްތައް އިސްތިސްނާވާނެއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހާލަތުގެ ދަށުން ހުއްދަ ދެވޭނީ އަންނަނިވި ގޮތުގެ މަތިންނެވެ. |
|
|
|
|
1. |
މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ޚާއްޞަ ޙާލަތެއް ދަނޑުވެރިކަން ކުރާ ފަރާތަކަށް ދިމާވުމުން، އެފަރާތަކުން އެކަން ލިޔުމުން ކައުންސިލަށް ހުށަހެޅުން. |
|
|
|
2. |
ކައުންސިލުން އެ ހާލަތު ޔަގީން ކުރުމަށްފަހު ހުއްދަ ދިނުމާއިމެދު ގޮތެއް ނިންމުން. |
|
|
|
3. |
ކައުންސިލުން ލިޔުމުން ހުއްދަ ދިނުން. |
|
|
(ނ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޚާއްޞަ ވަގުތީ ހުއްދަ ކައުންސިލުން ދެވިދާނެ ހާލަތްތައް: |
|
|
|
|
1. |
ދަނޑުވެރިޔާގެ ޞިއްޙީ ޙާލަތު ތަން ނުދިނުން؛ |
|
|
|
2. |
ދަނޑުވެރިކަން ކުރާ ގޭބިސީއެއްގެ ފަރާތެއް ބަލިވެގެން ނުވަތަ މިނޫންވެސް މިފަދަ މުހިންމު ބޭނުމެއްގައި 30 (ތިރީސް) ދުވަހަށްވުރެ ގިނަ ދުވަހަށް ރަށުން ބޭރަށް ދާން ޖެހުން. |
|
|
(ރ) |
މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ޚާއްޞަ ހުއްދަ ދިނުމުގައި، ދަނޑުބިމުގައި ވަގުތީގޮތުން މަސައްކަތްކުރުމަށް ހުއްދަދެވޭ ފަރާތަކީ، އެފަދަ ކަމަކަށް ޞިއްޙީ ޤާބިލުކަން ނެތް ފަރާތެއް ކަމުގައިވާނަމަ ޚާއްޞަ ވަގުތީ ހުއްދައެއް ނުދެވޭނެއެވެ. |
|
ރެކޯޑު ބެލެހެއްޓުން |
19. |
(ހ) |
މި އުޞޫލުގެ ދަށުން ބިން ދޫކުރެވޭ ފަރާތްތަކުގެ ބިމުގެ ދަފުތަރަކާއި، ދަނޑުވެރިންގެ ދަފުތަރެއް ކައުންސިލުން އެކުލަވައިލައި ބަލަހައްޓަންވާނެއެވެ. |
|
|
|
(ނ) |
މިއުޞޫލުގެ ދަށުން ދޫކުރެވިފައިވާ ދަނޑުބިމުގައި އިންދާ ހެއްދި ބާވަތްތަކާއި، ހިނގި ޚަރަދާއި، ލިބުނު އާމްދަނީގެ ހިސާބު ހިމެނޭ ރިޕޯޓެއް ކައުންސިލަށް 3 (ތިނެއް) މަހުން 1 (އެކެއް) މަހު ހުށަހަޅަންވާނެއެވެ. މިކަން ދަނޑުވެރިކަމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. |
|
އުޞޫލަށް ބަދަލު ގެނައުން |
20. |
(ހ) |
މިއުޞޫލަށް ބަދަލު ގެނައުމުގެ ބާރު މ.ކޮޅުފުށީ ކައުންސިލަށް ލިބިގެންވެއެވެ.
|
ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ދަނޑުބިމުގައި ދަނޑުވެރިކަން ކުރުމަށް ޕޮއިންޓް ދިނުމުގެ އުޞޫލު
1ވަނަ ބައި 1.1 ކޮޅުފުށީގައި ރަޖިސްޓްރީ ވެފައިވާ މީހެއް ނަމަ / ހުށަހަޅާފައިވާ ވިޔަފާރި / ކުންފުންޏަކީ ކޮޅުފުށީގެ ރައްވެއްސަކަށް ނިސްބަތްވާ ނުވަތަ ރައްވެއްސެއްގެ 50% ހިއްސާ އޮންނަ ވިޔަފާރި / ކުންފުންޏެއްނަމަ ........................................ 15 ޕޮއިންޓް 1.2 ކޮޅުފުށީގެ ރަށްވެއްސަކަށްވުމާއެކު އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއްނަމަ.............. 15 ޕޮއިންޓް
2ވަނަ ބައި 2.1 ދަނޑުވެރިކަމުގެ މަސައްކަތު ތަމްރީނާއި ތަޖުރިބާ (ހ) ދަނޑުވެރިކަމުގެ ތަމްރީނެއް ފުރިހަމަ ކޮށްފައިވާނަމަ.................................................. 5 ޕޮއިންޓް
3ވަނަ ބައި
ދެމަފިރިންގެ ތެރެއިން މީހަކު ދާއިމީ ވަޒީފާގައި އުޅޭނަމަ ނުވަތަ ދަޢުލަތުން ދެއްވާ އެއްވެސް ޕެންޝަނެއް ލިބޭ މީހެއްނަމަ ޕޮއިންޓް ލިބޭނީ ތިރީގައިވާގޮތުގެމަތިންނެވެ.
7.1.1 ވަޒީފާގައި ނޫޅޭނަމަ.................................................................................................... 40 ޕޮއިންޓް 7.1.2 އަސާސީ މުސާރަ 3000 އާއި 4999 ދެމެދު.................................................................... 30 ޕޮއިންޓް 7.1.3 އަސާސީ މުސާރަ 5000 އާއި 5999 ދެމެދު...................................................................... 20 ޕޮއިންޓް 7.1.4 އަސާސީ މުސާރަ 6000 އާއި 6999 ދެމެދު...................................................................... 10 ޕޮއިންޓް 7.1.5 އަސާސީ މުސާރަ 7000 އާއި 7999 ދެމެދު...................................................................... 5 ޕޮއިންޓް 7.1.6 އަސާސީ މުސާރަ 8000 އަށްވުރެމަތި.............................................................................. 2 ޕޮއިންޓް
ޕޮއިންޓް ދަނޑުބިން ދޫކުރެވޭނީ އެންމެމަތިން ޕޮއިންޓް ލިބުނު ތަރުތީބުނެވެ. އެކަކަށްވުރެ ގިނަ ފަރާތްތައް ޕޮއިންޓް އެއްވަރުނަމަ ދަނޑުބިން ދޫކުރެވޭނީ ޕޮއިންޓުން އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. |
އުސޫލު / ޤަވާއިދު ޑައުންލޯޑް ކުރެއްވުމަށް
މ.ކޮޅުފުށިން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލު (ޑްރާފްޓް)