މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ މަސްރޭސް 2022

29 ނޮވެމްބަރ 2022     


ތަޢާރަފު

މި އުޞޫލަކީ ދިވެހި ރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުލަކަތޮޅޮ ކޮޅުފުށީ ކައުންސިލުން އިސްނަގައިގެން ރަށުގެ ރައްޔިތުންނާއި، މުއައްސަސާތަކަށް ހުޅުވާލައިގެން 09 ޑިސެމްބަރ 2022 ވާ ހުކުރު ދުވަހު ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ "މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ މަސްރޭސް 2022" ކުރިޔަށް ގެންދިޔުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލެވެ.

މަސްރޭހުގެ އާންމު އުޞޫލުތަކާއި ޤަވާއިދުތައް

  1. މި މަސްރޭހުގައި ހޮވުމަށް ކަނޑައެޅިފައި ވަނީ:
    • މަސްރޭހުން އެއްވަނަ ޓީމަށް 3000 ރުފިޔާ
    • މަސްރޭހުން ދެވަނަ ޓީމަށް 2000 ރުފިޔާ
    • މަސްރޭހުން ތިންވަނަ ޓީމަށް 1000 ރުފިޔާ
  2. މި މަސްރޭހުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.
  3. ކޮންމެ ޓީމެއްގައިވެސް ހިމަނަންވާނީ މަދުވެގެން 3 މީހުން ނުވަތަ ގިނަވެގެން 6 މީހުންނެވެ. އަދި މުއައްސަސާއެއްގެ ނަމުގައި ބައިވެރިވެވޭނީ އެއްޓީމަށެވެ.
  4. މަސްރޭހުގައި ބައިވެރިވުމަށް ބަނދަރުން ފުރާއިރު އުޅަނދުގައި ތިބޭ ޓީމް މެންބަރުންގެ އަދަދު ބެލޭނެއެވެ. ބަނދަރުން ފުރާ ފަހުން އުޅަނދަށް އިތުރު މެންބަރުން އެރުވުމަކީ (ގަޑިއަށް ނާދެވޭ ޓީމު މެންބަރެއް ކަމުގައި ވިޔަސް) މަނާކަމެކެވެ.
  5. ކޮންމެ ޓީމެއްވެސް މަސްބާނަން ދާންވާނީ ވަކި އުޅަނދެއްގައެވެ.
  6. މަސްރޭހުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ނަމެއް ދީފައި އޮންނަން ވާނެއެވެ. އަދި ކޮންމެ ޓީމެއްގައިވެސް ޓީމު ލީޑަރަކު ހުންނަން ވާނެއެވެ.
  7. މަސްރޭސް ފެށުމަށް ހަމަޖެހިފައިވަނީ 09 ޑިސެމްބަރ 2022 ވާ ހުކުރު ދުވަހުގެ ހަވީރު 15:00 ގައި މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުންނެވެ. މަސްރޭހުގައި ބައިވެރިވާ ހުރިހާ އުޅަނދެއް 14:50 ގައި ބަނދަރުގައި (ބޮޑު ބަނދަރު) އޮންނަން ވާނެއެވެ.
  8. މަސްރޭސް ނިންމުމަށް ހަމަޖެހިފައިވަނީ 09 ޑިސެމްބަރ 2022 ވާ ހުކުރު ދުވަހުގެ ރޭގަނޑު 21:00 ގައި މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުންނެވެ. މަސްރޭހުގައި ބައިވެރިވާ ހުރިހާ އުޅަނދެއްވެސް 21:30 ގެ ކުރިން ބަނދަރުގައި އޮންނަން ވާނެއެވެ. 21:30 ވުމުގެކުރިން ބަނދަރަށް ނުވަދެވިއްޖެނަމަ އެ އެޅަނދެއް މުބާރާތުން ޑިސްކޮލިފައި ކުރެވޭނެއެވެ.
  9. މަސްރޭހުގެ ވަނަތައް ކަނޑައަޅާނީ ބާނާ މަސްތަކުގެ ބަރުދަނަށް ބަލައިގެންނެވެ.
  10. މި މަސްރޭހުގައި ކުރަންވާނީ ފަރުމަސްވެރިކަމެވެ. (ކަޅުބިލަމަސް، ކަންނެލި، ލައްޓި، ރާގޮނޑި އަދި ގޮދާ ނުހިމެނޭނެއެވެ.)
  11. މަސްރޭހުގެ އެއްވެސް ހަރަކާތެއްގައި ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފު އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެފަދަ ކަމެއް އެއްވެސް ޓީމަކުން ކޮށްފިކަން ސާބިތުވެއްޖެނަމަ އެޓީމެއް މުބާރާތުން ޑިސްކޮލިފައި ކުރެވޭނެއެވެ. އަދި ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އެއްވެސް މުބާރާތެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.
  12. މަސްރޭހުގައި އެއްޓީމަކުން ބާނާ މަސްތައް އަނެއް ޓީމަކަށް (މަސް ކިރުމުގެ ކުރިން) ދީގެން ކިރައިގެން ނުވާނެއެވެ.
  13. ރޮދުލުމާއި، ދާ އަޅައިގެން މަސްހިފުމާއި، ބަޑިޖަހައިގެން މަސްހިފުމާއި، އިލިފަ ޖަހައިގެން މަސްހިފުން، މީގެއިތުރުންވެސް މަސްވެރިކަމާއިބެހޭ ޤާނޫނާއި ޤަވާއިދުގެ ދަށުން މަނާކުރެވިފައިވާ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމަކީ މަނާކަމެކެވެ.
  14. މި އުޞޫލުގެ ދަށުން މަނާކުރެވިފައިވާ އެއްވެސް ބާވަތެއްގެ އަމަލެއް ކޮށްފިނަމަ އެ ޓީމަކާއި، އެޓީމުގައި ބައިވެރިވާ ހުރިހާ ފަރާތްތައް ކައުންސިލުން ބާއްވާ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭނެއެވެ. އަދި މި އުޞޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ ކައުންސިލުގައި މަޝްވަރާ ކުރުމަށްފަހު އެކަމަކާއި ގުޅޭގޮތުން އަޅާނެ ފިޔަވަޅެއް ނިންމާނީއެވެ. އަދި އެ ނިންމުން މަސްރޭހުގައި ބައިވެރިވާ ޓީމްތަކަށް އެންގޭނެއެވެ.

އުސޫލު / ޤަވާއިދު ޑައުންލޯޑް ކުރެއްވުމަށް

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ މަސްރޭސް 2022


ބާވަތް: އުސޫލު / ޤަވާއިދު

ދައުރު: 4 ވަނަ ދައުރު

ނަންބަރ: (PP)367/367/2022/5

ތާރީޚް: 29/11/2022