މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ފޮޓޯ އަލްބަމް

ދޮށީއުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ކައުންސިލާއި އ.ތ.މ ކޮމިޓީ އަދި ކޮޅުފުށީ ސިއްހީ މަރުކަޒު ގުޅިގެން ދުވަސްވީ މީހުންގެ ހާލުބެލުމަށް ގޭގެއަށް ޒިޔާރަތްކުރުން

ދޮށީއުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ކައުންސިލާއި އ.ތ.މ ކޮމިޓީ އަދި ކޮޅުފުށީ ސިއްހީ މަރުކަޒު ގުޅިގެން ދުވަސްވީ މީހުންގެ ހާލުބެލުމަށް ގޭގެއަށް ވަނީ މިއަދު (01.10.2021) ޒިޔާރަތްކޮށްފައެވެ. މިގޮތުން ދޮށީ އުމުރުގެ މީހުންގެ ހާލު ބަލައި ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ކާނާ އެކުލެވިގެންވާ ކުޑަ ހަދިޔާއެއް ދީފައެވެ. އަދި މީގެއިތުރުން މިއިވެންޓުގެ ތެރެއިން ދުވަސްވީ މީޙުންގެ ލޭގެ ޕްރެޝަރާއި، އުމުރާއި، އިސްކޮޅާއި ބަރުދަން ވަނީ ބަލާފައެވެ. އަދި ދުޅަހެޔޮ ސިއްހަތާއި ގުޅުންހުރި ތަފާތި މައުލޫމާތުވަނީ ހިއްސާކޮށްފައެވެ.