މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ފޮޓޯ އަލްބަމް

އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކައުންސިލާއި އ.ތ.މ ކޮމިޓީ ގުޅިގެން ބޭއްވި ހިނގާލުން

އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މ.ކޮޅުފުށީ ކައުންސިލާއި އ.ތ.މ ކޮމިޓީ ގުޅިގެން ބޭއްވި ހަމަހިމޭންކަމުގެ ހިނގާލުމެއް މިއަދު (28/11/2022) ވަނީ ބާއްވާފައެވެ. މި ހިނގާލުމުގައި އަންހެނުންނަށް ކުރާ އަނިޔާތަށް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. މިގޮތުން މިހިނގާލުމުގައި ރަށުގެ މުއައްސަސާތަކާއި ޖަމުއިއްޔާ ޖަމާތްތަކުގެ އިތުރުން އާންމު ރައްޔިތުންވެސް ބައިވެރިވިއެވެ. މުލަކަތޮޅު ކައުންސިލް އިދާރާ ކުރިމަތިން ފެށި މިހިނގާލުން ނިންމާލާފައިވަނީ ރަށް ވަށާ ހިނގާލުމަށްފަހުގައެވެ. އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ޝުއޫރު ފާޅުކުރާ ބޯޑުތައް މިހިނގާލުމުގައި ވަނީ ބޭނުންކޮށްފައެވެ.