މ.ކޮޅުފުށީ ކައުންސިލާއި އ.ތ.މ. ކޮމެޓީ ގުޅިގެން ރައްޔިތުންގެ މާހެފެމެއް 1 އޭޕްރީލް 2022 ވަނަ ދުވަހު ބާއްވައިފިއެވެ. މ.ކޮޅުފުށީ ރައްޔިތުންނަށް ދައުވަތު އެރުވިގެން ކުރިއަށް ގެންދެވުނު މިއިވެންޓް އޮތީ ކޮޅިފުށީ ޕާކު ސަރަހައްދުގައެވެ. މިގޮތުން މާހެފުމުގައި ރަށުގެ ކުދިބޮޑު އެންމެން ވަނީ އެއްތަނަކަށް ޖަމާވެ މާހުފުމަށް އިންސާފުކުރައްވާފައެވެ.