ކޮމިޔުނިޓީ އެމްޕަވަރމެންޓް ލިންކޭޖް (ސެލް ޖަމިއްޔާ) ގެ ފަރާތުން ކޮޅުފުށީ ކައުންސިލް އަދި މުވައްސަސާތަކާއި ބައްދަލުކުރެއްވުން.
މި ބައްދަލުވުމުގައި ސެލް ޖަމިއްޔާގެ ފަރާތުން މ.ކޮޅުފުށީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯޓަރ ސޭފްޓީ ޕްލޭން އަދި ސެކިއުރިޓީ ޕްލޭންއާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައިވެއެވެ. އަދި ސެލް ޖަމިއްޔާގެ ފަރާތުން މިރަށުގައި ޤާއިމްކޮށްފައިވާ ވޯޓަރ މޮނިޓަރިންގ ސްޓޭޝަންތައް ( Rain water Gage and bow well system ) ޗެކްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވިފައިވެއެވެ. ސެލް ޖަމިއްޔާގެ ފަރާތުން ކޮޅުފުށްޓަށް ކުރި ޒިޔާރަތުގައި މ.އަތޮޅު މަދަރުސާގެ ތިމާވެށި ކުލަބުގެ ދަރިވަރުންނަށްވެސް ވަނީ ފެނާއި ގުޅުންހުރި މަޢުލޫމާތު ހިއްސާކޮށްފައެވެ.