މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ފޮޓޯ އަލްބަމް

ކައުންސިލުން 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ރައްޔިތުނާ ބައްދަލު ކުރެއްވުން

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ފަރާތުން 15 ފެބްރުއަރީ 2024 ވަނަ ދުވަހު 20:30 ގައި ކޮޅުފުށީ ރައްޔިތުންނާއިއެކު ބައްދަލުވުން ބާއްވައިފިއެވެ. މިބައްދަލުވުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާގޮތުގެ މަތިން ކޮންމެ އަހަރަކު ފެބްރުއަރީ މަހުގެ ތެރޭގައި ކައުންސިލުގެ ފަރާތުން ރައްޔިތުންނާއިއެކު ބާއްވަންޖެހޭ ބައްދަލުވުމެކެވެ. މިގޮތުން މިބައްދަލުވުން ކުރިއަށް ދިޔައީ ކޮޅުފުށީ ޕްރީސްކޫލު ހޯލުގައެވެ.