ކޮޅުފުށީ ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި ދީނީ ރޫޙު އާލާކޮށް ދިރުވުމުގެ މަޤުޞަދުގައި، ކޮޅުފުށީ ކައުންސިލުން ކުރިއަށް ގެންދާ ދީނީ ޙަރަކާތްތަކުގެ ތެރެއިން، 1445 ވަނަ އަހަރުގެ ރަމަޟާން މަހުގައި ގެންދެވުނު ދީނީ ސުވާލު މުބާރާތުގެ ނަތީއްޖާފާޅުކޮށްފިއެވެ. ދީނީ ސުވާލު މުބާރާތް ކުރިއަށް ގެންދެވިފައިވަނީ ރަމަޟާން މަހުގެ ކޮންމެ ދުވަހަކު އޮންލައިންކޮށް ސުވާލެއް ގެނެސްދީގެންނެވެ.