މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ފޮޓޯ އަލްބަމް

ކޮޅުފުށީ ކައުންސިލް ފުޓްސަލް ޗެލެންޖު 2024 ފެށިންޖެ.

މުލަކަތޮޅު ކޮޅުފުށީ ކައުންސިލުން އިންތިޒާމު ކޮށްގެން ކޮޅުފުށީ ކައުންސިލް ފުޓސަލް ޗެލެންޖް 2024 ގެ ނަމުގެ ފުޓްސަލް މުބާރާތެއް ފަށއިފިއެވެ. 26 ސެޕްޓެމްބަރ 2024 ވީ ހުކުރު ދުވަހު ފެށުނު މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ކޮޅުފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤުޟަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަސް ބަދަހިކޮށް، އިޖުތިމާޢީ އަދި ކުޅިވަރުގެ ރޫޙު އާލާ ކުރުމާއި ކޮޅުފުށީގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލް ކުރިއެރުވުމާއި، ކޮޅުފުށީ ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން ކަމުގައެވެ. ޗެންޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ރަނައަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ކަޑައެޅިފައިވާ މި މުބާރާތުގައި ޖުމުލަ 8 ޓީމު ބައިވެރިވެފައިވެއެވެ. 2 ގުރޫޕަކަށް ބަޙާލައިގެން ކުރިއަށްގެންދެވޭ މި މުބާރާތުގައި އިއްޔެގައިވަނީ މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ 4 މެޗު ކުޅެވިފައެވެ.