މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާއަށް ލޯގޯއެއް ފަރުމާކޮށްދިނުމުގެ ފުރުސަތު އާންމު ފަރާތްތަކަށް ހުޅުވާލައި މުބާރާތެއްގެ ގޮތުގައި މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން އެއްވަނައަށް ހޮވޭ ލޯގޯއަކަށް 2,000.00 (ދެ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
ލޯގޯގައި ފުރިހަމަ ވާންޖެހޭ ޝަރުތުތަށް
- ލޯގޯ އިން އިސްލާމްދީނާއި މިރަށުގެ ތާރީޚާއި ޘަޤާފަތް ރަމްޒުކޮށްދޭންވާނެއެވެ.
- އެހެންއެއްވެސް އިދާރާއަކުން ނުވަތަ ޤާނޫނީ ޝަޚްސަކުން ބޭނުންކޮށްފައިވާ ނުވަތަ ބޭނުން ކުރަމުން އަންނަ ލޯގާތަކާ ތަފާތުވާންވާނެއެވެ.
- ލޯގޯ ގައި ބޭނުންކުރާ ޝިޢާރު ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔެވިފައި އޮންނަން ވާނެއެވެ.
ވީމާ، މިއިދާރާގެ ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މިގޮތުން ލޯގޯ ފަރުމާކުރައްވައި 20 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް m_kolhufushi@hotmail.com އަށް ހުށަހެޅުއްވުމަށް ދަންނަވައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9114489 އަށް ގުޅުއްވުން އެދެމެވެ.