މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ދީނީ ސުވާލް މުބާރާތާއިގުޅޭ

31 މާރޗް 2022      2 years ago


މ.ކޮޅުފުށީގެ ރަށްވެހިންނާއި މ.ކޮޅުފުށީގައި ދިރިއުޅޭ ފަރާތްތަކުގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނަށް ލޯބި ޖައްސައި، ދީނީ ޢިލްމު ފެތުރުމުގެގޮތުން، މިކައުންސިލުން މ.ކޮޅުފުށީގެ ރަށްވެހިންނަށާއި، މ.ކޮޅުފުށީގައި ވަޒަންވެރިވެ ދިރިއުޅޭ ފަރާތްތަކަށް އާންމުކޮށް ހުޅުވާލައިގެން މިހިނގާ 1443 ވަނަ އަހަރުގެ ރަމަޟާންމަހު ދީނީ ސުވާލުމުބާރާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. 

މިމުބާރާތް ކުރިއަށް ގެންދާނީ ކައުންސިލްގެ ކޮމިޔުނިޓީ ވައިބަރ ގުރޫޕާއި  އޮންލައިންކޮށްކަމުގައި ދަންނަވަމެވެ. މިއިޢުލާނާއެކު ދީނީ ސުވާލު މުބާރާތުގެ އުޞޫލު އާންމު ކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، މިއިދާރާގެ ނަމްބަރ 6720606 ފޯނާއި ގުޅުއްވުން އެދެމެވެ.

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ދީނީ ސުވާލު މުބާރާތުގެ އުޞޫލް

 



ބާވަތް: އިއުލާން

ނަންބަރ: (IUL)367-prs/367/2022/26

ޕަބްލިޝް ކުރި ތާރީޚް: 30/03/2022

ސުންގަޑި: 2024-05-03 18:27:30