މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުން

19 އެޕްރީލް 2022      2 years ago


ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން ކައުންސިލްތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ، އެ އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކުރައްވަމުން ގެންދަވާތީވެ، ރަށްރަށުގައި ދުއްވާ އެންމެހާ އެއްގަމާއި، ކަނޑު އުޅަނދުފަހަރުގެ ދަފްތަރެއް އެ މިނިސްޓްރީން ބޭނުންވެއެވެ.

އެހެންކަމުން، އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމަށްޓަކައި މ.ކޮޅުފުށީގައި ރަޖިސްޓްރީ ކޮށްގެންނާއި، މ.ކޮޅުފުށީގައި ދުއްވަމުންގެންދާ އެހެންރަށްތަކުގެ ރަޖިސްޓްރީގައިވާ އެންމެހާ އުޅަނދުފަހަރުގެ ރަޖިސްޓްރީގެ ކޮޕީއެއް 25 އޭޕްރިލް 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2022/33

ޕަބްލިޝް ކުރި ތާރީޚް: 19/04/2022

ސުންގަޑި: 2022-04-25 12:00:00