މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުގައި ގިނަދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި ތަކެތި ނަގަން އެންގުން

27 އެޕްރީލް 2022      2 years ago


ޤަވާޢިދުތަކާއި / އުޞޫލުތަކާއި ޚިލާފަށް ބައެއް ފަރާތްތަކުން ބަހައްޓާފައިވާ ކޮށިތަކާއި، ނުގެންގޮސް ބެހެއްޓުމުގެ ސަބަބުން ހަލާކުވެ، ކުނިބުންޏަށް ވެފައިވާ ތަކެތި ގިނަދުވަސްތަކެއް ވަންދެން ބަނދަރު ސަރަޙައްދުގައި ހުންނަކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ދަނީ މި ކައުންސިލަށް ލިބެމުންނެވެ. އަދި މިތަކެތި ހުރުމުގެ ސަބަބުން އިޖުތިމާޢީ ސަރަޙައްދު ސާފުކުރާ ފަރާތްތަކަށް އުނދަގޫތައް ދަނީ ކުރިމަތިވަމުންނެވެ. އަދި ހަމައެހެންމެ، އެނގިވަޑައިގަންނަވާނެ ފަދައިން ބަނދަރުގެ ޚިދުމަތް އެކިގޮތްގޮތުން ހޯއްދަވާ ފަރާތްތަކަށް އުނދަގޫވާގޮތަށް މިފަދަ ތަކެތި ބެހެއްޓުމަކީ އާންމު އުޞޫލުތަކާއި ބީރައްޓެހި ކަމެއްކަމުގައި އެންމެހާ ރައްޔިތުންނަށް މި ފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

ވީމާ، އިސްވެދެންނެވިފައިވާ ފަދައިން ބަނދަރު ސަރަޙައްދުގައި ބެހެއްޓިފައިވާ ތަކެތި 08 މޭ 2022 ގެ ކުރިން ނަގައިގެން ގެންދިއުމަށް ދަންނަވައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2022/35

ޕަބްލިޝް ކުރި ތާރީޚް: 27/04/2022

ސުންގަޑި: 2022-05-07 23:59:00