މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮވިޑް-19 އާއި ގުޅިގެން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތައް

3 އޮގަސްޓް 2021      2 years ago


29 ޖުލައި 2021 ވީ ބުރާސްފަތި ދުވަހު، ކޮވިޑް 19 އާ ގުޅިގެން، ޞިއްޙީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވަނީ މ.ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި މިއަދާއި ހަމައަށް 68 ފަރާތަކުން ވަނީ ކޮވިޑް-19 އަށް ފައްސިފވެފައެވެ. އެހެންކަމުން މ.ކޮޅުފުށީގެ ކޮވިޑު-19 ގެ މިހާލަތުން އަރައިގަތުމަށް ތިރީގައި މިދަންނަވާ ފިޔަވަޅުތައް 04 އޮގަސްޓް 2021 (ބުދަ) ދުވަހުން ފެށިގެން އެޅުމަށް މ.ކޮޅުފުށީ ކޮވިޑް-19 ޓާސްކްފޯސް އިން ވާނީ ނިންމާފައެވެ.

  • ހެލްތް ޕްރޮޓެކްޝަން އެޖެންސީ ވަކިގޮތެއް އަންގަވަންދެން ކޮންމެ ދުވަހަކު 16:00 އިން 0.00 އަށް ކާފިއު ހިންގުން
  • ކާފިއު ގަޑިތައް ނޫން އެހެން ގަޑިތަކުގައި ޟަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ކައުންސިލުން ކޮންމެގެއަކަށް 1 ފާސް ދޫކުރުން އަދި މިފާސް ހިފައިގެން ނޫނީ ބޭރަށް ނުނުކުތުން
  • ޟަރޫރީ ބޭނުންތަކަށް އާމްދަނީ ހޯދުމަށް ޓަކައި މަސްވެރިކަމަށް އަދި ވެއްޔަށް ދިއުން ފަދަ ކަންކަމުގައި ކައުންސިލުން ހުއްދަހޯދައިގެން ދިއުން
  • ގޭގައި ކާނެ މަސްހޯދުމަށް ގެއަކުން ގިނަވެގެން 02 މީހުންނަށް ދެ ދުވަހުން އެއް ދުވަހު މަސްބާނަން ދެވޭގޮތަށް ހުއްދަ ދޫކުރުން

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2021/103

ޕަބްލިޝް ކުރި ތާރީޚް: 03/08/2021

ސުންގަޑި: 2024-05-19 03:03:55