2023-2022 ވަނަ ދިރާސީ އަހަރަށް ކޮޅުފުށީ ޕްރީސުކޫލަށް ކުދިންވެއްދުމުގެ ފުރުސަތު 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ހަމައަށް ހުޅުވާލަމެވެ. މިގޮތުން 2023-2022 ވަނަ ދިރާސީ އަހަރަށް ޕްރީސުކޫލަށް ކުދިންވެއްދުމުގައި އަމަލުކުރާނީ މިނސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރ 222-E/CIR/202 ސަރކިއުލާ އާއި އެއްގޮތަށެވެ. ތިރީގައި އެވަނީ މިދެންނެވި ސަރކިއުލަރގައި ބަޔާންކުރާ އުމުރުފުރާތަކުގެ އިތުރު ތަފުޞީލެވެ.
- ބޭބީ ނާސަރީ އާއި ނާރސަރީ އަށް ވައްދާނީ 2022 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 01 ވަނަ ދުވަހަށް ތިރީގައިވާ ތާވަލުގައިވާ ގޮތަށް ޢުމުރުހަމަވާ ކުދިންނެވެ.
ގްރޭޑް |
2023-2022 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރު ފުރާ |
ބޭބީ ނަރސަރީ |
2 އަހަރު ފުރި 3 އަހަރު ނުފުރޭކުދިން |
ނަރސަރީ |
3 އަހަރު ފުރި 4 އަހަރު ނުފުރޭކުދިން |
ޕްރީސްކޫލަށް ކުދިންވެއްދުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިއިދާރޭގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓްއިން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ. ކައުންޓަރުން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުދުވަސްތައް ފިޔަވައި، 1 ޖޫން އިން 16 ޖޫން 2022 ވަނަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 13:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ. މީގެ އިތުރުން އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ އީމެއިލް info@kolhufushi.gov.mv އަށް ހުށަހެޅުށްވުމަށް ދަންނަވަމެވެ.