މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ޕޭސްޓްރީ ކޯސް ހިންގުމާއިގުޅޭ

30 ޖޫން 2022      1 year ago


މި ކައުންސިލާއި، މުލަކަތޮޅު އަތޮޅު ކައުންސިލް އަދި ކްރީއޭޓިވް ޕްރޮޑަކްސަން އާއި ގުޅިގެން 2022 ޖުލައި 21 އިން 2022 އޮގަސްޓް 05 އަށް ޕޭސްޓްރީ ކޯހެއް މިރަށުގައި (މ.ކޮޅުފުށީގައި) ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިކޯހުގައި ބައިވެރިވުމަށް  ބޭނުންފުޅުވާ ފަރާތްތަކުން 2022 ޖުލައި 07 ވަނަ ދުވަހުގެ 13:00 ކުރިން މިކައުންސިލުގައި ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިކައުންސިލަށް ދުރުވެ ނުވަތަ ތިރީގައި މިވާ ލިންކު މެދުވެރިކޮށް ނުވަތަ ރަސްމީ ގަޑީގައި މިކައުންސިލުގެ ނަންބަރު 6720606 ފޯނާއި ގުޅުއްވައި ނަންނޯޓު ކުރެވިދާނެ ކަމުގައި ދަންނަވަމެވެ.

މިކޯހުގައި ބައިވެރިވާ ފަރާތްތަކުން ކޯހުގެ ފީގެ ގޮތުގައި 500 (ފަސް ސަތޭކަ) ރުފިޔާ ދައްކަވަންޖެހޭނެއެވެ. އަދި ކޯހުގެ ފީގެ ބާކީ މުލަކަތޮޅު އަތޮޅު ކައުންސިލުން ދައްކައިދޭނެ ކަމުގައި ދަންވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2022/51

ޕަބްލިޝް ކުރި ތާރީޚް: 30/06/2022

ސުންގަޑި: 2022-07-07 13:00:00