މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ނީލަން ކިޔުން

6 ސެޕްޓެމްބަރ 2022      1 year ago


ތިރީގައި މިދަންނަވާ ބައެއް ސަރަޙައްދުތަކުގައި ހުރި ރުއްތަކެއް ނީލަންކިޔުން 12 ސެޕްޓެމްބަރ 2022 ވާ (ހޯމަ) ދުވަހުގެ 10:00 ގައި އޮންނާނެއެވެ.

  • އަލަށް އިމާރާތް ކުރެވޭ ފެންޕްލާންޓް ސަރަޙައްދު
  • ކުރީގެ ދިލްބަހާރު ގޯތި
  • ދެކުނުއަވަށު ކުޅިއަށްދިއުމަށް އަލަށްހެދި މަގު

ނީލަން ފެށުން އޮންނާނީ އަލަށް އިމާރާތްކުރެވޭ ފެންޕްލާންޓް ސަރަޙައްދުންނެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 13 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ފައިސާ ދައްކަވާ ނިންމެވުމަށްފަހު، 01 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ ކުރިން ތަކެތި ގެންގޮސް ނިންމެވުމަށް ދަންނަވަމެވެ.

ނީލަން ކާމިޔާބު ކުރެއްވުމަށްފަހު ފައިސާ ނުދައްކަވާ ރުއްތައް ގެންދާ ފަރާތްތަކާއި، ސުންގަޑި ހަމަވާއިރުވެސް ރުއްތައް ނުގެންދަވާ ފަރާތްތައް 01 އަހަރު ދުވަހަށް ސަސްޕެންޑް ކުރެވޭނެ ކަމުގައި ދަންނަވައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2022/61

ޕަބްލިޝް ކުރި ތާރީޚް: 05/09/2022

ސުންގަޑި: 2022-09-12 10:00:00