މ.ކޮޅުފުށިން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލުގެ ޑްރާފްޓް އަދި ޖަމާޢަތުގެ ފައިދާއަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް މާލީ އެހީ ދިނުމުގެ އުޞޫލުގެ ޑްރާފްޓަށް ރައްޔިތުންގެ ޚިޔާލު ހުށަހެޅުއްވުމަށް ހުޅުވާލަމެވެ. ޚިޔާލު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 03 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް info@kolhufushi.gov.mv އަށް ޚިޔާލު ހުށަހެޅުއްވުން އެދެމެވެ.
ވީމާ، "މ.ކޮޅުފުށިން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލު (ޑްރާފްޓް)" އަދި "ޖަމާޢަތުގެ ފައިދާއަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް މާލީ އެހީ ދިނުމުގެ އުޞޫލު (ޑްރާފްޓް)" މިއިދާރާގެ ވެބްސައިޓުން (https://kolhufushi.gov.mv/) ލިބެން ހުންނާނެ ކަމުގައި ދަންނަވައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.