މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ޕާކިސްތާނުގެ މުސްލިމުންނަށް އެހީވުމަށް 2 ފަންޑުފޮށި ބެހެއްޓުން

29 ސެޕްޓެމްބަރ 2022      1 year ago


އަވަށްޓެރި ޕާކިސްތާނަށް ކުރިމަތިވެފައިވާ ފެން ބޮޑުވުމުގެ ބޮޑެތި ކާރިސާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް ދިމާވެފައިވާ ހިތްދަތިކަމުން އަރައިގަތުމަށް ކުޑަނަމަވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގެ މާތް މަތިވެރި ނިޔަތުގައި، މިކައުންސިލުން އިންތިޒާމް ކޮށްގެން ޚާއްސަ ފަންޑުފޮށިތަކެއް ރަށުގެ 2 ސަރަޙައްދެއްގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފެނަމަހަ-2 އަދި ޕިކްސިސް އައި.އާރް.އެފް ގައި ފަންޑުފޮށި މިހާރު ބެހެއްޓިފައި ހުންނާނެ ކަމުގައި އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

                އަދި ފައިސާގެ އެހީތެރިކަން ދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް ނަގުދު ފައިސާއިންނާއި، ޓްރާންސްފަރ ކޮށްގެން ކިތަންމެ ކުޑަނަމަވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށް ދެވިދާނެއެވެ. ފައިސާ ޓްރާންސްފަރ ކުރަން ބޭނުންފުޅުވާ ފަރަތްތަކުން މިއިދާރާގެ 7709700452004، 1414 ޚަރަދު 02 އެކައުންޓަށް ޓްރާންސްފަރ ކުރެއްވުމަށްފަހު ރިސިޕްޓް މިއިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ ޚަދީޖާ ނަސީމްގެ ނަންބަރ 9886643 އަށް ވައިބަރ ކޮށްދެއްވުން އެދި ދެންނެވީމެވެ.

                ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

އެހީތެރިކަމަށް ބޭނުންޖެހިފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް ވެވުނު މިންވަރަކުން ކިތަންމެ ކުޑަނަމަވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީ، ﷲ ގެ މަގުގައި ހޭދަކޮށް އުޅުމުގެ ހެޔޮ ތަޢުފީޤް އަޅަމެން އެންމެންނަށް މިންވަރު ކޮށްދެއްވާށިއެވެ.

އާމީން!



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2022/65

ޕަބްލިޝް ކުރި ތާރީޚް: 29/09/2022

ސުންގަޑި: 2024-04-29 02:14:08