މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ދެއަވަށު ގަބުރަސްތާނު ދިލައި ސާފުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތުދިނުން 11 ޑިސެންބަރ 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
މި މަސައްކަތުގެ އަގު ހުށަހެޅުން އޮންނާނީ 12 ޑިސެންބަރ 2022 ވަނަ ދުވަހުގެ (ހޯމަ) 11:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.