މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށިން ކުއްޔަށް ދަނޑުބިން ދޫކުރުން

21 ޑިސެމްބަރ 2022      1 year ago


މ.ކޮޅުފުށީ ކުޅިސަރަޙައްދު (ތިރީގައިވާ ޗާޓުގައި ފާހަގަކުރެވިފައިވާ) ދަނޑުބިން (03 އަހަރު ދުވަހުގެ މުއްދަތަށް) ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިބުރުގައި ދޫކުރުމަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް ފޯމް ހުށަހަޅުއްވައިފިނަމަ، ދަނޑުބިން ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ. އަދި އެފަރާތަކަށް ލިބޭ ދަނޑުބިންވެސް (ތަރުތީބު ނަންބަރު) ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

ދަނޑުބިން ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖަނަވަރީ 2023 ގެ 12:00 ގެ ކުރިން "ދަނޑުބިން ކުއްޔަށް ނެގުމަށްއެދި ހުށަހަޅާ ފޯމް" ފުރުއްވައި މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް، މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމުގައި ދަންނަވައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2022/90

ޕަބްލިޝް ކުރި ތާރީޚް: 20/12/2022

ސުންގަޑި: 2023-01-05 12:00:00