މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ މިސްކިތްތަކަށް ބޭނުންވާ ތަކެތި ގަނެދިނުމާއި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

23 ޖަނަވަރީ 2023      1 year ago


މ.ކޮޅުފުށީ މިސްކިތްތަކަށް ބޭނުންވާ ތަކެތި ގަނެދިނުމާއި އިންސްޓޯލްކުރުމުގެ އެންމެހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން 26 ޖަނަވަރީ 2023 (ބުރާސްފަތި) ވަނަ ދުވަހުގެ 13:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 26 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން މަޢުލޫމާތު ސާފުކުރައްވާ ކުންފުނި / ވިޔަފާރީގެ ނަމާއި، ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް ބަޔާންކޮށް info@kolhufushi.gov.mv އަށް އީ-މެއިލް ކުރެއްވުމުން މި މަސައްކަތާގުޅޭ މަޢުލޫމާތާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް އެފަރާތަކަށް 26 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.

މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 02 ފެބްރުއަރީ 2023 (ބުރާސްފަތި) ވަނަ ދުވަހުގެ 13:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

ގެޒެޓް އިއުލާނު



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2023/7

ޕަބްލިޝް ކުރި ތާރީޚް: 23/01/2023

ސުންގަޑި: 2023-01-26 13:00:00