މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކުނީގެ ގޮތުގައި އުފެދޭ ތަކެތި އުކާލުމާއި ގުޅޭ

5 ފެބްރުއަރީ 2023      1 year ago


ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ކޮޅުފުށީގައި ޤާއިމްކުރާ ކުނި މެނޭޖުކުރުމުގެ ސެންޓަރުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ. މިސެންޓަރު ޤާއިމްކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފެށުމުގެ ކުރިން ހޭދަވާ މުއްދަތުގައި، ރަށުގައި އުފެދޭކުނި ނައްތާލުމުގައި މިހާރު އަމަލުކުރަމުންދާ އުޞޫލަށް ބައެއް ބަދަލުތައް ގެނައުމަށް މިކައުންސިލުން ވާނީ ނިންމާފައެވެ. އެގޮތުން؛

  • ކުނިވާޒާތުގެ ތަކެތި ކުނިގޮނޑާ ދިމާލުން މޫދަށް އުކާލުން (ކޮތަޅު ނުވަތަ ޕްލާސްޓިކް ފުޅި މޫދަށް އުކާނުލުން)
  • ގަސްގަހުގެ ފަތާއި، ރުކުގެ ފަންފަދަ ތަކެތި އާންމުންނަށް އުނދަގޫ ނުވާނެހެން ވަލުތެރެއަށް އުކާލުން (ވަލުއަރިން ފެށިގެން 15 ފޫޓު އެތެރެއަށް)، (ޗާޓުގައި ފާހަގަކުރެވިފައިވާ)
  • ކުނިގޮޑަށް ގެންދެވޭ ކުނީގެ ތެރެއިން ޕްލާސްޓިކާއި ދަގަނޑުފަދަ ތަކެތި ވަކިކޮށް ކުނިގޮނޑުގައި ބެހެއްޓުން

އިސްވެދެންނެވުނުގޮތަށް ކުނި އުކާލުމަށް ބާރުއެޅުމުގެ ގޮތުން، ކައުންސިލާއި އަދި އ.ތ.މ ކޮމިޓީ ގުޅިގެން ކުނިއުކާލާ ސަރަޙައްދުތަކުގައި އެކަމަށް ޚާއްސަ ބޯޑުތަކެއް މިހާރު ހަރުކުރެވިފައިވާނެ ކަމުގައި އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މީގެއިތުރުން، އާންމުރައްޔިތުން ކުނިގޮނޑު ރޯނުކުރުމަށް މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

ވީމާ، ކޮންމެ ބޭފުޅަކުވެސް ފަރުދީޒިންމާ އަދާކުރައްވާ، ހުރިހާ ރައްޔިރުންގެ ފައިދާއަށް ކައުންސިލުން އަންގާ މިފަދަ އެންގުންތަކަށް ތަބާވުމަށާއި، މިއެންގުމާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކާއިމެދު "ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު" ގެ ދަށުން ފިޔަވަޅު އަޅާނެކަމުގައި ދަންނަވައި، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2023/11

ޕަބްލިޝް ކުރި ތާރީޚް: 05/02/2023

ސުންގަޑި: 2024-04-19 11:39:11