މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ބަރަކާތްތެރި ރަމަޟާންމަސް ފެށުމުގެކުރިން ރަށުތެރެ ސާފުކުރުމަށް އެންގުން

16 މާރޗް 2023      1 year ago


ޤާނުނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ރަށު ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލެވިފައިވާ އާންމު އުނދަގުލާއި ބެހޭ ޤަވަޢިދުގެ 14 ވަނަ މާއްދާ (މަގުތަކުގައި ތަކެތި ބެހެއްޓުން) މި މާއްދާގެ (ހ) ގައިވާ ގޮތުން ކައުންސިލްގެ ހުއްދަނެތި، ހިނގާބިނގާވެ އުޅޭފަރާތްތަކަށާއި ދުއްވާ އެއްޗިއްސަށް ދަތިވާގޮތަށް މަގުތަކުގައި އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެވެ.

އަދި އާންމުންނަށް އުނދަގޫވާނެހެން ގޯތިތަކުން މަގުމައްޗަށް ވާގޮތަށް ހުރި ރުއްރުކުގެ ފަންތަކާއި ގަސްގަހުގެ ގޮފިތައް ކޮށައި، ރަށުތެރޭގެ ސާފުތާހިރުކަމަށް ސަމާލުކަން ދެއްވައި، ދުއްވާ އެއްޗިއްސަށާއި، ހިނގާބިނގާވެ އުޅޭފަރާތްތަކަށް ދަތިނުވާނެހެން އަމަލުތަށް ބެހެއްޓެވުމަށް އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ.

ވީމާ، ބަރަކާތްތެރި ރަމަޟާންމަސް ފެށުމުގެކުރިން ރަށުގެ މަގުތަށް ސާފުކުރެއްވުމަށް ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2023/16

ޕަބްލިޝް ކުރި ތާރީޚް: 16/03/2023

ސުންގަޑި: 2024-04-19 16:09:37