މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

އެހީތެރިކަމަށް އެދުނު ފަރާތަކަށް ހިންގޭ މަދަދު ޕްރޮގުރާމާއި ގުޅޭ

22 ޖޫން 2023      10 months ago


ކ.މާލެ ދަފްތަރު ނަންބަރު ރސ 5323، އިބްރާހިމް މުމްތާޒު، ކެންސަރު ބައްޔަށް ފަރުވާކުރުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ހޯދުމަށްޓަކައި މަސައްކަތު ދުވަހެއް 24 ޖޫން 2023 ވާ ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިދުވަހުގައި ހިންގޭ ފައިސާ ހޯދުމުގެ މި ހަރަކާތުގައި ކޮޅުފުށީ މުއައްސަސާތަކާއި، ކޮޅުފުށީގެ ލޮބުވެތި ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ.

ފައިސާގެ އެހީތެރިކަން ދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް ނަގުދު ފައިސާއިންނާއި، ޓްރާންސްފަރ ކޮށްގެން އެހީތެރިކަމުގެ އަތެއް ފޯރުކޮށް ދެވިދާނެއެވެ. ފައިސާ ޓްރާންސްފަރ ކުރަން ބޭނުންފުޅުވާ ފަރަތްތަކުން އަޒުލީނާ (އިބްރާހިމް މުމްތާޒްގެ އެއްބަނޑު އެއްބަފާ ކޮއްކޮ) އެކައުންޓް ނަންބަރ 7704473552001 އަށް ޓްރާންފަރ ކުރެއްވުމަށްފަހު ރިސިޕްޓް 9949797 އަށް ވައިބަރ ކޮށްދެއްވުން އެދި ދެންނެވީމެވެ.

ވީމާ، މަސައްކަތު ދުވަހުގައި ބައިވެރިވެލެއްވުމަށް އެންމެހާ ބޭފުޅުން ހޮނިހިރު ދުވަހުގެ 07:30 އަށް ކޮޅުފުށީ ކައުންސިލްގެ އިދާރާ ކައިރިއަށް ދުރުވުމަށް ދަންނަވައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2023/36

ޕަބްލިޝް ކުރި ތާރީޚް: 22/06/2023

ސުންގަޑި: 2024-04-29 18:59:24