މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

1444 ވަނަ އަހަރުގެ އަޟްޙާ އީދުގައި ފިރިހެނުންގެ ދަފި ނެގުމުގެ ހަރަކާތާއި ގުޅޭ

22 ޖޫން 2023      10 months ago


1444 ވަނަ އަހަރުގެ އަޟްޙާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކައުންސިލާއި، ކޮޅުފުށީ ޔޫތް ލީޑަރސް ންޓްވޯރކް، ކޮޅުފުށީގެ މުއައްސަސާތައް އަދި ކުލަބް ޖަމްއިއްޔާތަކުން ދަނީ ތައްޔާރުވަމުންނެވެ. މި އީދުގެ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުން ކައުންސިލުން ބޭނުންވެއެވެ. މިގޮތުން ފިރިހެނުންގެ ދަފި ނެގުން ކުރިޔަށް ގެންދިއުމަށް، އީދުގެ ހަރަކާތްތަށް ހިންގާ ކޮމެޓީން ވަނީ ނިންމާފައެވެ. މިކަމުގައި ރައްޔިތު ހުރިހާ ފިރިހެނުންގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވެއެވެ.                                                           

ވީމާ، ދަފި ނެގުމުގެ ހަރަކާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފިރިހެނުން 23 ޖޫން 2023 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށް މ.އަތޮޅު މަދަރުސާގެ މަލްޓި ޕާރޕަސް ހޯލަށް ވަޑައިގެންދެއްވުން އެދި ދެންނެވީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2023/37

ޕަބްލިޝް ކުރި ތާރީޚް: 22/06/2023

ސުންގަޑި: 2024-05-06 14:39:50